ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީ އަވަހާރަވެއްޖެއެވެ.

އަބްދުލް މަޖީދު އަވަހާރަވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހިގެން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މިމަހުގެ 22 ވީ އަންގާރަ ދުވަހުއެވެ.

ގުރުއާން ތަފްސީރުން ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ޑރ. މަޖީދަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އިލްމުވެރިޔާއެވެ.

މަރްހޫމް ޑރ.އަބްދުލް މަޖީދު އަބްދުލްބާރީއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި، މަރްހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވާށި – އާމީން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދުން އިތުރު 4 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން ޕޮޒިޓިވްވި 4 ...

ސުކޫލްތަކާއި ޔުނިވާސިޓީތައް ވެސް އިތުރު އެއް ހަފްތާއަށް ބަންދުކުރަން ސަރުކާރުން ނިންމައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އަންނަ ހަފްތާގައިވެސް ސްކޫލްތައް ބަންދުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހާމަކުރައްވައިފިއެވެ. ...

އައްޑޫ މަގުތައް ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލަން އިއުލާންކޮށްފި

އައްޑޫގެ މަގުތަކާއި ތިލަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިންގަމުން އަންނަ އިންޑިއާގެ އެފްކޮންސް އިންފްރަސްޓްރަކްޗާ ކުންފުނި ...