“އެއްލަކިން މަށަށް ލައިސަންސް” މިނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށަނީ

ޑްރައިވިން ލައިސަންސް ނެގޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައި  “އެއްލަކިން މަށަށް ލައިސަންސް” މިނަމުގައި ޓްރާންސްފޯޓް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހާއްސަ ޕްރޮގްރާމެއް  ކުރިއަށް އޮތް ހަފްތާ ބަންދުގައި ފެށުމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ “އެއްލަކިން މަށަށް ލައިސަންސް”ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމުގެ ދަށުން ފާސްވާ ފަރާތްތަކަށް އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭނެ ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އާންމު އުސޫލުގެ ތެރެއިން ލައިސަންސް ނަގާނަމަ ތިއަރީ އަދި ވެހިކަލް ދުއްވުމުގެ ޓެސްޓް ހަދަން ހަފުތާއެއް ވަރު ހޭދަވެ އެވެ.

އަބްދުﷲ ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ބަންދުގައި މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިންމާލުމަށްފަހު ދެވަނަ ބުރު އަންނަ ހޯމަ ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.

މިޕްރޮގްރާމު ކުރިއަށް ގެންދަން ނިންމާފައިވަނީ ރޭގަނޑު 9:00 އިން މެންދަމު 12:00 އަށެވެ. މިޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ފޯމް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މި ޕްރޮގްރާމު ކުރިއަށް ގެންދާ ރޭ ތަކުގެ ރޭގަނޑު 9:00 އިން ރޭގަނޑު 11:30 އަށެވެ.

އަބްދުﷲ ވިދާޅުވީ މިޕްރޮގްރާމުގައި ބައިވެރިވުމަށް ހާއްސަކޮށްފައިވާ ފޯމާ އެކު ޑްރައިވިން ލައިސަންސަށް އެދޭ ފޯމް ހުށަހެޅުމުން ފޯމުތަކުގައި ޖަހަން ބޭނުންވާ ފޮޓޯ އާއި ސްޓޭމްޕާއި އައިޑީ ކާޑު ކޮޕީ ނެގުމާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހުރަވީ ބިލްޑިންގެ ތިރީގައި ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ މިއީ ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައިވާ ޕްރޮގްރާމެއް ކަމަށާއި ފޯމް ހުށަހަޅާ ތަރުތީބުން ފުރުސަތު ދެމުންގޮސް ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކަކަށް ވެސް މި ޕްރޮގްރާމުގައި ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ މިޕްރޮގްރާމުގެ ބައިވެރިން ވެހިކަލް ދުއްވަން ހަމަޖެހިފައިވަނީ ވެލާނާގެ ސަރަހައްދުގައި ކަމަށާއި ތިއަރީއާއި ދުއްވުމުގެ ބައިން ފާސްވާ ފަރާތްތަކަށް މިޕްރޮގްރާމު ކުރިއަށްދާ ރޭތަކުގައި ލައިސަންސް ދޭނީ އެކަމަށް ހާއްސަކޮށްގެން ބާއްވާ ރަސްމިއްޔާތެއްގައި ކަމަށެވެ.

މިޕްރޮގްރާމު މިވަގުތު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހަމައެކަނި މާލޭގައި ކަމަށްވީ ނަމަވެސް ހުޅުމާލޭގައި ވެސް ވަރަށް އަވަހަށް މިޕްރޮގްރާމު ފެށުމަށް ވިސްނަމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައުދާގެ މަރުގެ މައްސަލަ އަލުން ތަޙްޤީޤުކުރަން ކޯޓުން އަންގައިފި

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔަވަމުންދިޔަ ދިވެހި މޮޑެލް ރައުދާގެ އާޠިފްގެ މަރުގެ މައްސަލަ އަލުން ތަޙްޤީޤުކުރަން އެ ޤައުމުގެ ކޯޓަކުން ...

ސައުދީއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ސައުދީ އަރަބިއްޔާއަށް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެޤައުމުން ކަނޑައަޅައިފިއެވެ. މިކަން ...

އިތުރު 43 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 43 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު ...