އިތުރުވަގުތުގެ ފަހު މިނިޓްގައި ޖެހިގޯލުން ފޭދޫ ސްކޫލްގެ މައްޗަށް ޝަރަފުއްދީން ސްކޫލް ކުރި ހޯދައިފި

މެޗްގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހި ގޯލަކުން ހިތަދޫ ޝަރަފުއްދީން ސްކޫލުން ފޭދޫ ސްކޫލްގެޓީމް ބަލިކޮށްފިއެވެ.

މިހާރު ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބޭއްވޭ މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މިމެޗްގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ޝަރަފުއްދީން ސްކޫލްޓީމުން މިމެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގެ އެންމެ ފަހުމިނިޓްގައި ( 72 ވަނަ މިނިޓްގައި ) ކާމިޔާބުކޮށްދިނީ ޝަރަފުއްދީން ސްކޫލްގެ ހުސެން އަމާން ޒުހައިރެވެ.

މިމުބާރާތުގެ 16 އަހަރުން ދަށުގެ އުމުރު ފުރާގައި 5 ޓީމް ބައިވެރިވެފައިވާއިރު މިއުމުރު ފުރާގައި މިހާތަނަށް ކުޅެވިފައިވަނީ 3 މެޗެވެ.

މިގޮތުން ޝަރަފުއްދީން ސްކޫލްގެ ޓީމަށް ދެމެޗު ކުޅެން 4 ޕޮއިންޓް ލިބިފައިވާއިރު 1 މެޗުން އިރުޝާދިއްޔާ ސްކޫލަށް 3 ޕޮއިންޓް ލިބިފައިވެއެވެ. އަދި އެއްމެޗުން އަތޮޅުމަރަދުސާޓީމަށް 1 ޕޮއިންޓް ލިބިފައިވާއިރު ހިތަދޫ ސްކޫލްގެ ޓީމަށާ ފޭދޫ ސްކޫލްގެ ޓީމަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވިލުފުށީ ޔޫތު ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރައްވައިފި

ކުޅިވަރު ވަޞީލަތްތައް ޤާއިމުކުރެއްވުމަށް ކުރިއަށްގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން ތ. ވިލުފުށީ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ...

އެއްފުރާޅެއްގެ ދަށަށް ކުދީން ގެންނަނީ އުގެނުމަށް ފަހިކުރަން ؟

(18 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ލިއުމާއި ގުޅޭ ) ރިޕޯޓްކުރެވިފައިވާ މިބަހާތައް ޚުލާޞާކޮށްގެން، އަދި ރަށްފުށުގެ ސްކޫލުތަކުގެ ...

ޕީއެސްޖީ ދޫކޮށް ނޭމާ ސައުދީ ލީގަށް ބަދަލުވެއްޖެ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންއައި ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާ، އެ ކުލަބް ދޫކޮށް ސައުދީ ލީގުގެ އަލް ހިލާލްއަށް ...