ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާން ރޯވުން

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށީގެ އިމާރާތުގެ ބޮޑުބައެއް  ބޭނުން ނުކުރެވޭވަރަށް އަނދައިފިއެވެ.

މިދިޔަ އަހަރު އިމާރާތްކޮށް މަސައްކަތް ފަށާފައިވާ  ކުނިކޮށި އިމާރާތުގައި ރޯވި އަލިފާންގަޑު ނިއްވާލުމުގެ މަސައްކަތް ވެމްކޯގެ މުވައްޒަފުންނާއި ފުލުހުންނާއި  އާންމު ރައްޔިތުން އަދި ހުޅުމީދޫގައި ފާޚާނާ ހޮޅިވަޅުމުލުމުގެ މަސައްކަތްކުރަމުންދާ ސިއަރާ ކުންފުނީގެ މުވައްޒަފުންނާއި ތަކެތި ބޭނުން ކޮށްގެން ކޮށްފައިވެއެވެ.

އެހެން ނަމަވެސް އަލިފާންގަޑު ކޮންޓްރޯލް ކުރެވިފައިވަނީ  ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނާއި ސަދަން އޭރިއާގައި މަސައްކަތްކުރާ ސިފައިން އަލިފާން ނިވަން ބޭނުންކުރާ އާލާތްތަކާއެކު އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށުމުންނެވެ.

ސިފައިންނާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ މިއަދު ހަވީރު 17:00 ހާއިރުއެވެ.

މިހާދިސާގައި އެ ސައިޓުގައި ހުރި ބައެއް މެޝިނަރީޒްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެބްރުއަރީ މަސް ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ- މިނިސްޓަރ ނާޒިމް

ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ މަހުގެ ތެރޭގައި ހުޅުވި ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް ...

އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވާލަނީ

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާއި އެކު އަންނަ މަހު ސްކޫލުތަކާއި ކޮލެޖްތައް ހުޅުވައި ކިޔެވުން ފަށަން ...

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިނާމު 86 ބޭފުޅަކަށް ދެއްވައިފި

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ ބެޖާއި ...