އައިޖީއެމްއެޗުން މިއަހަރު ތެރޭގައި ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ފަށަނީ

ކިޑްނީ ބަދަލު ކުރުމުގެ އޮޕަރޭޝަންތައް މި އަހަރު ފަހުކޮޅު ރާއްޖޭގައި ފެށުމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ތައްޔާރުވެއްޖެއެވެ.

ކިޑްނީއަށް ދިމާވާ މައްސަލަތަކަކީ މިއަދު ގިނަ ބަޔަކު ތަހައްމަލު ކުރަން ޖެހިފައިވާ ވޭނީ ބައްޔަކަށްވާއިރު، އައިޖީއެމްއެޗުން އަންނަނީ މިހާރުވެސް ކިޑްނީގެ ތަފާތު ބަލި ބައްޔަށް ފަރުވަދެމުންނެވެ.

އެގޮތުން ކިޑްނީ ބަލިތަކުގެ ފަރުވާ ފުޅާކުރަމުން އައިސް، މިހާރު މަސައްކަތް ފަށާފައިވަނީ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަންތައްވެސް ފެށުމަށް ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

ކިޑްނީގެ ބަލިތަކަށް ފަރުވަ ހޯދުމަށްޓަކައި ގިނަ ދިވެހިން ބޭރު ގައުމުތަކަށް ދަތުރުކުރާއިރު، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވިގެން ދިއުމާއެކު ދަރުމަވަންތަ ހޮސްޕިޓަލްގެ ތިއޭޓަރުގައި ރަނގަޅު ފެންވަރަކަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ދިނުމުގެ އިންތިޒާމްތަށް ހަމަޖެހިގެންދާނެކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.

އައިޖީއެމްއެޗްގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެންބަރު މަސް ތެރޭގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ އެމްޑީއަކަށް ބޭފުޅަކު އައްޔަން ކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ފެނަކައިގެ އެމްޑީއަކަށް އައްޔަން ކުރެއްވީ ގދ ވާދޫ، ...

މީޑިއާނެޓްގެ ޗެނަލްތައް އުރީދޫގެ ކަސްޓަމުންނަށް ފޯނުން ބެލޭނެ ގޮތް ހަދައިފި

ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ އުރީދޫގެ ކަސްޓަމަރުންނަށް  މީޑިއާނެޓްގެ ޗެނަލްތައް ފޯނާއި ސްމާޓް ޑިވައިސްތަކުން ބެލޭނެ ...

ރައީސް ނަޝީދަަށް ހަމަލާދިން ހަތަރު މީހަކު ފާހަގަކުރެވިއްޖެ: ސީޕީ ހަމީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާގުޅޭ ހަތަރު މީހަކު ...