ގޮނޑި ގެއްލިފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނަން – އަބްދުﷲ ޝާހިދު

ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންނާއެކު މަޖިލީހަށް ވަދެ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ފާސްކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ރޭ އަބްދުﷲ ޝާހިދު ވިދާޅުވީ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަކީ ހިތްވަރު ގަދަ ބަތަލުން ކަމަށާއި އެ މެންބަރުންނާއެކު މަޖިލިސް ތެރެއިން ރައީސް ޔާމީން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

“ރައީސް ޔާމީން ހުއްޓުވާނަން، ރައީސް ޔާމީން ހުއްޓުވާފަ ނޫނީ ފެށި މަސައްކަތް ނުނިންމާނަން. ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގޭނެ. އެއީ ޤާނޫނުއަސާސީގައި އޮތް ޗެޕްޓަރެއް. ރައްޔިތުންގެ މަޖިލީހުގައި އެކަން ކުރަންވީ ގޮތް ސަރީޙަކޮށް އެކަން އެބައޮތް ލިޔެފައި. އަޅުގަނޑުމެންގެ މި 12 މެންބަރުންނަކީ ހިތްވަރުގަދަ ބަތޮލުން. އެބޭފުޅުންނާއެކު ވަދެ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ރައީސް ޔާމީން ހުއްޓުވާނަން” ޝާހިދު ވިދާޅުވިއެވެ.

އަބްދުﷲ ޝާހިދު މިފަދައިން ވިދާޅުވިއިރު އިދިކޮޅު އެއްވެސް މެމްބަރަކު މިފަހުން މަޖިލިސް އެއްވެސް ޖަލްސާއަކަށް ހާޒިރުވެފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ދާދިފަހުން އައިޕީޔޫއިން ވެސް ވަނީ މުސާރަ ނަންގަވައިގެން މަޖިލީހުގެ މަސައްކަތަށް ހާޒިރު ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް: ރައީސް

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ...

ޤައުމު އަޅުވެތިކުރަން ގޮވާލާ އެކަމަށް ހިތްވަރުދިނުމަކީ ބޮޑު ފާފައެއް- ޖަމްޢިއްޔަތުއް ސަލަފް

ދިވެހި ޤައުމު އަޅުވެތިކުރުމަށް ބޭރުގެ ފަރާތްތަކަށް ދަޢުވަތު ދީ، ހިތްވަރުދިނުމަކީ ޚިޔާނާތްތެރި އަނިޔާވެރި އަމަލެއް ކަމަށްބުނެ، ޖަމްޢިއްޔަތުއް ސަލަފުން ...

ފަނޑިޔާރުގެއާއި މެދު ރައްޔިތުންގެ އިތުބާރު މިހާރު ލިބިއްޖެ – ހިސާން

ފަނޑިޔާރުގެތައް މިއަދު ރައްޔިތުންގެ އިތުބާރު ކުރާ ތަންތަނަށް ވެފައިވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސާ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ. ...