ދިވެހި ތާރީޚްގައިވެސް އެންމެ ބޮޑަށް އޮޅުވާލީ ފާއިތުވި ރިޔާސީ އިންތިޚާބުގައި- އިބްރާހިމް ދީދި

ދިވެހި ތާރީޚުގައިވެސް ބޭއްވި އިންތިޚާބުތަކުގެ ތެރެއިން އެންމެ ބޮޑަށް އޮޅުވާލި އިންތިޚާބަކީ މިފަހަރުގެ ރިޔާސީ އިންތިޚާބުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫދާއިރާގެ މެންބަރު އިބްރާހިމްދީދީ ވިދާޅުވީ، އެކި ފާރާތްތަކުން އެބޭފުޅުންނަށް ލިބޭ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިޚާބުތަކުގެ ތެރެއިން އެންމެ ބޮޑަށް މަކަރާއި އޮޅުވާލުން ހިމެނިގެންދިޔަ އިންތިޚާބަކީ މިދިއަ މަހު ބޭއްވި ރިޔާސީ އިންތިޚާބުކަމަށެވެ.

ވޯޓް ފޮށީގެ ނަތީޖާ ގުނުމަށްފަހު އޮބްޒާވަރުންނާއި ވޯޓްފޮށި ކައިރީގައި ތިބި އެހެން ބޭފުޅުން ނަތީޖާ ސީޓުގައި ސޮއި ނުކުރައްވަނީސް ބައެއް ފޮށިތަކުގެ ނަތީޖާ އިއުލާންކޮށްފައިވާކަމަށާއި އަދި ބައެއް ފޮށިތަށް ގުނާ ނިމުމުގެ އެތައް ގަޑިއިރެއްކުރިން ނަަތީޖާ އިއުލާންކޮށްފައިވާކަމަށް ވޯޓް ފޮށިތައް ކައިރީގައި ތިބި މަންދޫބުންނާއި އެހެނިހެން ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ވޯޓް އޮޅުވާލިކަމުގެ ފުރިހަމަ ހެކިތަކެއް އެބަހުރިކަމާށާއި، އެފަދަ ތުހުމަތުކުރެވޭއިރު ތެޅިފޮޅިގެން އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ އެއްވެސް މައްސަލައެއް ނެތްކަމަށް އިލެކްޝަނުން ނިންމާ، ދާއިމީ ނަތީޖާ އިއުލާންކޮށްފައިވާކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.
ޕީޕީއެމްގެ ކޮންގްރެސްއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި ބެހޭގޮތުން ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސް ބޭއްވީ އިލެކްޝަންސް ކޮމިޝަނުގެ އޮބްޒާވަރުންގެ މެދުގައި ކަމަށާއި އެ ކޮންގްރަސްއާއި މެދު ސުވާލުއުފައްދާނެ އެއްވެސް ޖާގައެއް އިލެކްޝަންސް ކޮމިޝަނަށް ނޮއޮންނާނެކަމަށެވެ.

އަދި މިފަހަކަށް އައިސް އިލެކްޝަން ކޮމިޝަނުން ނިންމާ ނިންމުންތަކާއި ގުޅިގެން އެކޮމިޝަނާއި މެދު ދިވެހި ރައްޔިތުންގެ ހިތުގައި ސުވާލު އުފެދިފައިވާކަމަށް އިބްރާހިމްދީދީ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަގީގަތަކީ ރާއްޖޭގެ ތަރައްޤީއަށް އެމްޑީޕީ މެމްބަރަކު މަޖިލިސް ތެރެއިން ދިން ވޯޓެއް ނެތްކަން – ރައީސް

މިއަދު ފެންނަން އޮތް ހަގީގަތަކީ ރާއްޖޭގެ ތަރައްޤީ އަށް ހުށަހެޅުނު އެއްވެސް ބިލަކަށް އެމްޑީޕީ މެމްބަރަކު ދެއްވި ވޯޓެއް ...

ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ތަރައްޤީ ހަލުވިވެ ލިބޭ ފައިދާ ބޮޑުވާނެ: އިކްރާމް

ދިވެހި ބަހަށް ކުރާ އިޚްތިރާމަށް ނިކަމެތިކަން ނާންނަ ގޮތައް ރާއްޖޭގެ ރަސްމީ ބަހެއް ގޮތުގައި އިނގިރޭސި ބަސް ހަމަޖައްސައިފިނަމަ ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރާނަން- ރައީސް

ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެއްވާ އިނާޔަތް ފަސް ހާސް ރުފިޔާއަށް ބޮޑުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ...