ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެ – ޑިފެންސް މިނިސްޓަރ

ބޭރުގައި ފިލާ ތިބެ ދައްކާ ވާހަކައަކުން ރާއްޖެއަކަށް ގުޑުމެއް ނާރާނެކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން އަމަލުކުރަމުން ދަނީ ގާނޫނާ ހިލާފަށްކަމަށް ބުނެ ރާއްޖެއާ މެދު ފިޔަވަޅު އެޅުމަށް އިދިކޮޅު ފަރާތްތަކުން ބޭރުގެ އެކި އެކި ފަރާތްތަކަށް ގޮވާލާފައިވަނިކޮށެވެ.

އެމްއެންޑީއެފް މީޑިއާ މެދުވެރިކޮށް ދެއްވި ބަސްދީ ގަތުމެއްގައި އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސެއް ނުވަތަ އެހެން މީހެއް ނަމަވެސް ގައުމަކާ ދެކޮޅަށް ވާހަކަ ދައްކާ ހިސާބުން އެއީ ގައުމަށް ހެޔޮނޭދޭ މީހެއްކަން ސާފުވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މީހަކު ދައްކާ ވާހަކައަކުން ގައުމަށް އޭގެ އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިޔާ އަށާއި އަދިވެސް އެހެނިހެން ބޭރުގެ ފަރާތްތަކަށް ގޮވާލެއްވުމުން، އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ހިނގާ ކަންކަމާ ގުޅިގެން ބޭރުގެ އެއްވެސް ގައުމަކުން އިންޒާރެއް ދީފައިނުވާ ކަމަށެވެ. ހުރިހާ ގައުމަކުން ވެސް ރާއްޖޭގެ ހާލަތު ގާތުން ބަލަމުން އަންނައިރު ސަރުކާރުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭރުގެ ވަކި ޖަމާއަތަކުން ނުވަތަ ވަކި ބަޔަކު ހާމާކުރާ ހިޔާލަކީ ރާއްޖެއަށް ނުރައްކާ އޮތް ކަމެއް ނޫން ކަމަށެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއާ އިންޑިއާގެ ގުޅުން ހީނަރުވިޔަސް މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާއަކީ ރާއްޖެއަށް ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ގާތުން އެހީތެރިވާ ގައުމެވެ. އެހެންކަމުން އަބަދުވެސް ފުރަތަމަ އިސްކަން ދޭނީ އިންޑިއާއަށް ކަމަށްވެސް ވިދާޅުވި އެވެ.

“ދިވެހި ރާއްޖެއިން ކަމެއް ބޭނުންވެއްޖެ ނަމަ ގައުމުތަކުގެ ނިސްބަތުން އިސްކަން ދޭނެ ގައުމަކީ އިންޑިއާ. އިންޑިއާ ފަސްޓް. އެއީ އަޅުގަނޑުމެންގެ ޕޮލިސީއަކީ،” އާދަމް ޝަރީފް ވިދާޅުވި އެވެ.

ދިވެހިންނަށް މެޑިކަލް ވިސާ ދިނުމުން މި މަހު 27 ގެ ނިޔަލަށް އިންޑިއަން ހައި ކޮމިޝަނުން މެދުކަނޑާލައްވަފައިވަތީ އެކަމާއި މެދު އިދިކޮޅު ފަރާތްތަކުން ފަތުރަނީ ދޮގު ޚަބަރުކަން ހާމަކުރަމުން މިނިސްޓަރު ވިދާޅުވީ، އެއީ ވަކި މައްސަލައެއް ދިމާވެގެން ކުރިމަތިވި މައްސަލައެއް ނޫން ކަމަށާއި އިމިގްރޭޝަންތަކުން ގެންނަ ބަދަލުތަކުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

ދިވެހި ސިފައިންނާ މެދު އޭނާ އަބަދުވެސް ފަޚުރުވެރިވާ ވާހަކަ ތަކުޜާރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ގައުމަށް ދިމާވާ ކޮންމެ ކަމަކަށް ތައްޔާރަށް ތިބޭ ބޭފުޅުންތަކެއް ކަމަށާއި އަދި ދިވެހި އަސްކަރިއްޔާއަކީ ބަޔަކު ދައްކާހާ ވާހަކައަކަށް “ރޭރުވެގެން” ޖަވާބު ދޭނެ ބައެއް ނޫން ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހަށް ހާޒިރުނުވާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހެއް

ވިދިވިދިގެން ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެން އަދި މެޑިކަލް ސެޓްފިކެޓް ހުށަނާޅުއްވާ މެންބަރުންގެ ގޮނޑި ގެއްލޭ ...

އައްޑޫގެ މަޝްރޫއުތައް އަވަސްކުރަން، ދުވަސްކޮޅަކަށް އަސްލަމް އައްޑޫ ސިޓީގައި މަޑުކުރައްވަނީ

އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަސްކުރަން ދުވަސްކޮޅަކަށް އައްޑޫ ސިޓީގައި މަޑުކުރަން ނިންމާފައިވާ ކަމަށް ހައުސިން ...

އިލިޔާސް އަކީ ސީރިއަސް ކެންޑިޑޭޓެއްނޫން; އެއީ ޤުރުބާންކުރާ ކަންބަޅިއެއް: ޝަރީފް

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަކީ ސީރިއަސް ކެންޑިޑޭޓެއް ނޫން ކަމަށާއި ...