މިދިޔަ އަހަރުގެ ޗެމްޕިއަންސްލީގު ފައިނަލްގައި ކުޅުނު ދެޓީމް މިފަހަރު ކްއާޓަރ ފައިނަލްގައި ވާދަކުރަން ޖެހިއްޖެއެވެ.

ދާދި ދެންމެއަކު ކްއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަނޑައެޅުމަށް ނެގި ގުރުއަތުލުމުގައި ޗެމްޕިއަން ރެއާލް މެޑްރިޑް ވާދަކުރަން ޖެހުނީ މިދިޔަ ސީޒަންގެ ފައިނަލްގައި އެޓީމް އަތުން ބަލިވި އިޓަލީގެ ޔުވެންޓަސްއެވެ. އެންމެ ފަހުގެ ފައިނަލް މެޗު ރެއާލްމެޑްރިޑް ކާމިޔާބުކުރީ 4-1 ނެވެ.

ކްއާޓަރ ފައިނަލްގައި ސްޕެއިންގެ ވަރުގަދަ ބާރު ބާސެލޯނާ ވާދަކުރަން ޖެހޭނީ އިޓަލީގެ ރޯމާއާއެވެ. އެންމެ ގިނަ ބަޔަކު ބުރަވަމުންދަނީ މިސީޒަންގެ ޗެމްޕިއަންސްލީގު ކާމިޔާބުކުރާނީ ސްޕެއިން ލީގު ކަށަވަރުކުރުމާ ގާތުގައި އޮތް ބާސާކަމަށެވެ.

އިނގިރޭސި ޕްރިމިއަރ ލީގު ކަށަވަރުކުރުމާ ގާތުގައި އޮތް މެންޗެސްޓަރ ސިޓީ ކްއާޓަރ ފައިނަލްގައި ވާދަކުރަން ޖެހޭނީ ލިވަޕޫލާއެވެ. ލިވަޕޫލަކީ ރަނގަޅު ފޯމެއްގައި އޮތް ސިޓީ ޕްރިމިއަރ ލީގުގައި ބަލިކުރި ހަމައެކަނި ޓީމެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާންމިޔުނިކް ކްއާޓަރ ފައިނަލްގައި ވާދަކުރަން ޖެހޭނީ ސްޕެއިންގެ ސެވިއްޔާއާއެވެ.

ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ އޭޕްރީލް މަހުގެ 3 އަދި 4 ގައެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އޭޕްރީލް 10 އަދި 11 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020 : ސްލޮވޭކިޔާއިން އެޓީމުގެ ފުރަތަމަ މެޗް ކާމިޔާބުކޮށްފި

ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ސްލޮވާކިއާ ކުޅުނު ފުރަތަމަމެޗް އެޓީމުން ކާމިޔާބުކޮށްފިއެވެ. މި މެޗު ސްލޮވާކިއާ އިން ކާމިޔާބުކުރީ ...

ލިވަޕޫލްގެ ހަގީގީ ފެންވަރު ބަޔާނާ ދެކޮޅަށް ދައްކައިފި – ކޯޗް ކްލޮޕް

ލިވަޕޫލްގެ ހަގީގީ ފެންވަރު ބަޔާނާ ދެކޮޅަށް ދައްކައިފިކަމަށް ކްލޮޕް ބުނެފިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަބުރުގައި ...

ލެވަންޑޮސްކީގެ ޕެނަލްޓީ ނާކާމިޔާބުވެ ޕޮލެންޑާއި މެކްސިކޯ އެއްވަރުވެއްޖެ

ގަތަރު ވޯލްޑް ކަޕް މުބާރާތުގައި މެކްސިކޯ އާއި ޕޮލަންޑް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ޕޮލެންޑުގެ ކެޕްޓަން ...