ރޯދައިގެ ކުރިން ވިންޓަރ ޕާކު ހުޅުވަނީ

ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ ވިންޓާރ ޕާކު މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ، ޕާކުގެ މަސައްކަތް ނުނިމި ލަސްވަމުން ދަނީ އެތަނުގައި ހަދާ އިމާރާތަކީ ވަރަށް ފުރިހަމަކޮށްހަދަން ޖެހޭ ތަނަކަށް ވާތީ އެކަމަށާއި، ޓެސްޓުތަކެއް ހަދާ، ރާއްޖެއަށް ހާއްސަކޮށް އެފަދަ ތަނެއް ހެދުމަށް މަސައްކަތް ކުރަމުން އަންނާތީ އެކަމަށް ގިނަ ވަގުތު ނަގާތީ ކަމަށެވެ.

އެހެންނަމަވެސް މިހާރު ކުރަންހުރި މަސައްކަތް ކުރިޔަށް އޮތް 45 ދުވަހުގެ ތެރޭގައި ނިންމައިލެވޭނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި ވިންޓަރ ޕާކަކީ ހުރިހާ ގޮތަކުން ބެލިޔަސް ވަރަށް ތަފާތު ތަނަކަށް ވެގެންދާނޭ ކަމަށާއި، މި ތަނަކީ ތަފާތު ގޮތަކަށް ތަރައްގީކުރާ ތަނެއް ކަމުގައެވެ.

“އެ އިމާރާތުގެ ތެރޭގައި ހުންނާނީ ވިންޓާ ތަޖުރިބާ ކުރެވޭ ގޮތަށް ސްނޯ އުފައްދާ މެޝިނަކާ އެކު. އަދި އައިސް ސްކޭޓިން ވެސް ކުރެވޭނެ.” މިނިސްޓަރ ވިދާޅުވިއެވެ.

މެއި މަހުގެ 15 ވަނަ ދުވަހު ރޯދަމަސް ފެށޭއިރު، ރޯދައިގެ ކުރިން މި ޕާކު ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫދެކެ ލޯބިވާ ރައީސެއް ލިބުމަކީ ލިބުނު ނިޢުމަތެއް: ނިހާދު

އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ ލިބުނު ނިއުމަތެއް ކަމަށާ އައްޑޫއަށްޓަކައި ރައީސް ސާލިހާއެކު ތިބުން ލާޒިމުކަމަށް ...

ދުނިޔޭގެ 1 ވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

17 ގްރާންޑް ސްލޭމް ހޯދައިފާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގޮތު ހުރި އުމުރުން 32 އަހަރުގެ ...

މިއަހަރު ޗައިނާއިން އައްޑުއަށް ސީދާ ދަތުރުތައް ފަށަން މަސައްކަތް އެބަކުރަން: ފައިސަލް

ޝާފީ އަލީ ޗައިނާގެ އެކި ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ...