މެސީގެ ފުޓްބޯޅައިގެ ކެރިއަރުގައި ކާމިޔާބުކުރި 600 ވަނަ ލަނޑުން އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރިމެޗުން ބާސެލޯނާ މޮޅުވެއްޖެވެ.

މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ލަނޑު މެޗްގެ 21 ވަނަ މިނިޓްގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ މެސީއެވެ. މިއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި އެތުލެޓިކޯ ކޮޅަށް ޖެހި 28 ވަނަ ލަނޑެވެ.

ބާސެލޯނާގެ ދަނޑުގައި  ރޭ ކުޅުނު މިމެޗުުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބާސެލޯނާގެ ކުޅުންތެރީންނަށް ލިބިގެން ގޮސްފައިވެއެވެ.

ރޭ ކުޅެވުނު މިމެޗާއެކު ސްޕެނިޝް ލަލީގާގެ އެއްވަނައިގައި ކުޅުނު 27 މެޗުން ލިބުނު 69 ޕޮއިންޓާއެކު ބާސާ އޮތް އިރު، ދެވަނައިގައި އޮތް އެތުލެޓިކޯއަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 54 ޕޮއިންޓެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕީއެސްޖީ ބަލިކޮށް ލިލްއިން ފުރަތަމަ ފަހަރަށް ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފި

ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ ބަލިކުރުމަށްފަހު ލިލްއިން ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ. އެންމެ ފަހުގެ ފްރެންޗް ލީގު ...

ޔޫރޯގައި ވާދަކުރާ ސްޕެއިންޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ސްޕެއިން ޓީމް އައިސޮލޭޝަނަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ޓީމުގެ ކެޕްޓަން ސާޖިއޯ ބުސްކެޓް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެބުސްކެޓްސް ކޮވިޑް 19 ...

ކްއާޓާފައިނަލުން ބާސެލޯއަށް ފުރުސަތު ހޯދައިދިނީ މެސީ- ވަލްވާރޭ

ލިއޯންއަތުން  ބޮޑުތަފާތަކުން މޮޅުވެ ޗެމްޕިއަންސްލީގުގެ ކްއާޓާފައިނަލުން ބާސެލޯއަށް ފުރުސަތު ހޯދައިދިނީ މެސީކަމަށް އެޓީމުގެ ކޯޗް ވަލްވާރޭ ބުނެފިއެވެ. ލިއޯންއަތުން ...