ފޭދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ފޮނުވާލަނީ

ފޭދޫ ބޮޑު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާ މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
އަނިޔާވި ބިދޭސީ މީހާ މާލެއަށް ފޮނުވުމުގެ މަސައްކަތް ކުރަނީ އޭނާގެ ބޮލަށް އަނިޔާވެފައިވާތީ ސީޓީ ސްކޭނެއް ހަދަން ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ، އަނިޔާވި ބިދޭސީ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

“ޕޭޝަންޓުގެ ހާލު ސީރިއަސް އެއް ނޫން. ބޯފެޅިފަ ހުރީމަ ގެއްލުމެއްވެފަ ހުރިތޯ ބަލަން ސީޓީ ސްކޭނެއް ހަދަން ޖެހޭތީ މާލެ ފޮނުވަނީ.” ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެއެވެ.

މާލެއަށް ފޮނުވާނުލެވި ލަސްވަނީ ޖާގައެއް އަދި ނުލިބޭތީ ކަމަށް ވެސް އެހޮސްޕިޓަލުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މުސާރަ ބޮޑުކޮށްފި

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރަ އަންނަ އަހަރުން ފެށިގެން ބޮޑުކުރުމަށް ނިންމާ، މުސާރައިގެ އާ އޮނިގަނޑު ފިނޭންސް ...

އައްޑޫ ސިޓީން އިއްޔެވެސް 18 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިއްޔެވެސް 18 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން ރޭ ...

މާމެންދޫއިން އިތުރު ދެމީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް  ގއ. މާމެންދޫއިން އިތުރު ދެމީހަކު ޕޮޒިޓިވް ވެއްޖެވެ. މާމެންދޫން ކޮވިޑް 19 އަށް ޕޮޒިޓިވްވި ...