“މަގެ ދީނާ، މަގެ ޤައުމާ ނުކުޅެއްޗޭ” މިޝިއާރުގެ ދަށުން އައްޑޫސިޓީގައި ބާއްވާ ވަރަށް ޚާއްސަ ގައުމީ ހަކާތެއް މިއަދު ހަވީރު 4:00 ގައި ބޭއްވުމަށްޓަކައި މުޅި އައްޑޫސިޓީން މިހާރުދަނީ ތައްޔާރުވަމުންނެވެ.

މިއަދު ހަވީރު 4:00 ގައި ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިގައުމީ ހަރަކާތުގައި މީދޫއާއި ހުޅުދުން ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ހިތަދުއަށް ދިއުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. މިގޮތުން މީދޫ ބޭފޫޅުން މިއަދު މެންދުރު 2:00 ން މީދޫ ބަނދަރުން ފުރާގޮތައް ހަމަޖެހިފައިވާއިރު ހުޅުދޫގެ ބޭފުޅުން ފުރުމަށް ހަމަޖެހިފައިވަނީވެސް މިއަދު މެންދުރު 2:00 ގައި ހުޅުދޫ ބަނދަރުންނެވެ.

މިހަރަކާތް ބޭއްވުމަށާ މިހަރަކާތުގައި ބައިވެރިވުމަށް ރަށްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މިހާރު ވަނީ އައްޑޫއަށް ވަޑައިގެންފައެވެ.

އަދި މީގެ އިތުރަށް އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ފޯރިއާއެކު މިހަރަކާތަށް ތައްޔާރުވަމުންދާއިރު  މިހަރަކާތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރަތާ، ފެއްސާ، ހުދުގެ ޓީޝާޓެވެ. އަދި މިތިން ކުލައިގެ ފުއްޕާ ހަންތަކާއި އެކި ލިޔުންތައް ލިޔެފައިވާ ބެނަރތައްވެސް މިހަރަކާތުގައި ބޭނުންކުރުމަށް މިހާރުވަނީ ތައްޔާރު ކުރެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރު އޮފީސްތަކުގެ ހަރަދު ކުޑަ ކުރަން ފިޔަވަޅުތައް އެޅުމަށް އަންގައިފި

ސަރުކާރު އޮފީސްތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެ އޮފީހަކަށް ވެސް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ރައީސް ...

ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި މީހުންނަށް ރަށަށް ދެވޭނެ ގޮތް ހަދަން މަޝްވަރާކޮށްފި

މާލެ ލޮކްޑައުން ކުރުމާއެކު، ލަފާ ފުރުން މަނާކުރުމުގެ ސަބަބުން ތަފާތު އެކި ސަބަބުތަކާއި ހުރެ މާލޭގައި ތާށިިވެފައި ތިބި ...

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް  އަށްޕޮޒިޓިވްވެއްޖެ އެވެ. އުމުރުން 19 އަހަރުގެ ...