ބެސްޓް ފުޓްސަލް މުބާރާތް 2018- ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް

މިހާރު ހުޅުމީދޫ ޕޮލިސް ދަނޑުގައި ކުރިއަށްދާ ” ބެސްޓް ފުޓްސަލް މުބާރާތް 2018 ” ގެ ފައިނަލަށް ޔުނައިޓެޑް ބްރަދާސްއާއި ބްރަދާސް ޔުނައިޓެޑް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑް ބްރަދާސް ފައިނަލުން ޖާގަހޯދީ މީރޭ ކުޅެވުނު ސެމީފައިނަލްގެ ފުރަތަމަމެޗްގައި ޝަންގްރިއްލާއާއި ބައްދަލުކޮށް ކުޅުނު މެޗުން 6 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

 

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ބްރަދާސްއަށް މިރޭގެ މެޗްގައި 5  ލަނޑު ކާމިޔާބުކޮށްދިން ސަމީނެވެ.

ބްރަދާސް ޔުނައިޓެޑް ފައިނަލަށް ހޮވިފައިވަނީ މިރޭ ކުޅެވުނު ސެމީފައިނަލްގެ ދެވަނަމެޗްގައި ޑީއެފްސީ އާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.

މިމުބާރާތުގެ ފައިނަލަށް ހޮވުނު ދެޓީމަކީ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނު ދެޓީމެވެ. މިދެޓީމް ގްރޫޕް މެޗްތަކުގައި ބައްދަލުކުރި މެޗު 7 ލަނޑު 3 ލަނޑުން ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑް ބްރަދާސްއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބެސްޓް ސެލެކްޝަންގެ ފަރާތުން ޓްރޮފީއާއި، 25000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު  ރަނަރއަޕް ޓީމަށް 12000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ މުލިމަތި ޖަމްއިއްޔާއާއި ބެސްޓް ސެލެކްޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޯރިގަދަ މެޗަކަށް ފަހުވަގުތު ޗެލްސީ މޮޅުވިއިރު ލިވަޕޫލްއަށް ފަސޭހަމޮޅެއް

އިގިރޭސި ޕްރިމިއާލީގުގައި ރޭ ކުޅެވުނުމެޗްވެސް ލިވަޕޫލް ކާމިޔާބުކޮށްފިއެވެ. ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ ...

ޕޮލިސްކަޕް 2019 : ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެ

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ހުޅުމީދޫ ޕޮލިސްއިން އިންތިޒާމްކޮށްގެން ޕޮލިސް ދަނޑުގައި އީދު ދުވަހުގެ ރެއިން ފެށިގެން ...

މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި

ފީފާ ވޯލްޑްކަޕް 2022 ގައި މޮރޮކޯއިން ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ފުޓްބޯޅައިގެ ގަދަބާރު ބެލްޖިއަމް ހަމަބިމަށް ތިރިކޮށްފި ...