މަގުތައް ހަދަނީ ރޭސް ޖަހާކަށް ނޫން

ބޮޑު ހަރަދުކޮށްގެން މަގުތައް ހަދަނީ ރޭސް ޖަހަން ނޫން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ސްކޫލް ޓްރެފިކް މޮނިޓަރުންގެ 100ވަނަ ބެޗުގެ ނިމުން ފާހަގަ ކުރުމަށް ފުވައްމުލަކު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ޓްރެފިކް ގަވާއިދުލަށް ބޯލަނބާ ޖީލެއް އުފެއްދުން ކަމަށާއި މި ކުދިން ބޮޑުވުމުން ޓްރެފިކް ޕޮލިހެއް ނުފެނުނަސް ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާނެ ކަމަށް ގަބޫލުކުރެވޭއިރު އޭގެ ނަތިޖާއަކަށް ވާނީ އެކްސިޑެންޓް މަދުވެ އަނިޔާވާ މީހުން ވަރަށް ބޮޑަށް މަދުވެގެން ދިއުން ކަމަށް ސީޕީ ވިދާޅުވި އެވެ.

އަދި ޒަމާނީ ފެންވަރަށް ބޮޑު ހަރަދުކޮށްގެން ސަރުކާރުން މަގުތައް ހަދަނީ، އޭގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކާއި އުޅަނދުތައް ދުއްވަން ފަސޭހަ ކުރުމަށް ކަމަށްވެސް ސީޕީ ވިދާޅުވި އެވެ

”އެއްގޮތަކަށް ވެސް މަގުތަކުގައި ރޭސް ޖަހާކަށް ނޫން،“ ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ބަލާ ނުލާ ބާރު ސްޕީޑުގައި ދުއްވާ ދުއްވުން ހުއްޓުވިގެން މެނުވީ މަގުތައް ބޭނުންކުރާ މީހުންނަށް ސަލާމަތްތެރި ކަމެއް ނެތް ކަމަށެވެ. ގަވާއިދާ ޚިލާފަށް ދުއްވާ މީހުންނަށް ފިޔަވަޅު ވެސް އެޅޭ ކަމަށާއި އަދި އުޅަނދުތައް ޓޯ ކުރެވި އަދި އެކްސިޑެންޓުވާ އުޅަނދުތަކުގެ މައްސަލަތައް ބަލައި، އެ އުޅަނދުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދެވުނަސް އެކްސިޑެންޓުތަކުގައި މަރުވާ މީހާ އަނބުރާ ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

”ބޮޑެތި އަނިޔާތައްވާ މީހުން ނުކުޅެދުންތެރިކަމާ އެކު އުމުރުގެ ބާކީބައި ހޭދަކުރަންޖެހިފައިވާއިރު، އެ ފަރާތްތަކުގެ އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނަކަށް ލުއިކަމެއް ހޯދައެއް ނުދެވޭ،“ ސީޕީ ވިދާޅުވި އެވެ.

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފި

ކޮވިޑުގެ އާ ވޭރިއަންޓް، “އޮމިކްރޯން” އާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން ...

އައްޑޫ ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ އިން އިތުރު 16 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން ...

އަގު ބޮޑުކޮށްފިނަމަ މަޖޫރިންނާއި މުދާ އުފުލާ އުޅަނދުތައްވެސް މި ސަރުކާރުން ކޮންޓްރޯލް ކުރާނެ – ސައީދު

މާލެ ތެރޭގައި މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައުމުން މުދާތައް ކްލިޔާ ކުރާ މަޖުރީންނާއި އަދި އެމްޕީއެލްއިން މުދާ ...