އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ މަޖިލިހަށް ކުއްލި މައްސަލައެއް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނާޒިލް ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅުއްވައިފިއެވެ.

ނާޒިލް ވިދާޅުވީ އެ މައްސަލައަކީ އައްޑޫ ސިޓީ ހިތަދޫ އަދި ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށް ފެނަކައިން ދެމުންދާ ސާފު ފެން ނުލިބޭތީ ހުށަހަޅާ ކުއްލި މައްސަލައެއް ކަމަށެވެ

“އޭޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، މަރަދޫފޭދޫ ރައްޔިތުންނަށް ފެނަކައިން ފޯރުކޮށްދެމުންދިޔަ ސާފު ފެން ލިބުމުގައި އިންތިހާއަށް ދަތިތަކެއް ކުރިމަތިވެފަިއވާތީ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ބުރޫއަރައި ރައްޔިތުން އެތައް ތަކުލީފްތަކަކާއި ކުރިމަތިވަމުންދޭ.”

ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ފެނަކައިން އެ މައްސަލަ ހައްލުކުރުމަށް ނުކުޅެދިފައިވާ ކަމަށެވެ. އަދި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިކަން އައްޑޫ ސިޓީ ރައްޔިތުންނަށް ނޭނގޭ ކަމަށް ކުއްލި މައްސަލައިގައިވެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ ރައްޔިތުން މިހާރު ތަހައްމަލް ކުރަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތް ކަމަށްވާ ސާފު ފެން ފޯރުކޮށްދިނުމުގައި ދިމާވެފައިވާ މައްސަލަ ވަގުތުން ވަގުތަށް ހައްލު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހަޅުއްވާ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މަސްދަރު: ވަގުތު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް އަޅާނެ ފިޔަވަޅެއްގެ ގޮތެއް ނުނިމުނު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއިމެދު ފިޔަވަޅު ...

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފި

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...

އެމްޑީޕީ ޕްރައިމަރީ: މީދޫގެ ގޮޑިއަށް ދެބޭފުޅުން ވާދަކުރައްވާނެ

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޓޭޓުން ހޮވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީ މި ޖެނުއަރީމަހުގެ 31 ވަނަ ...