އެމްޑީޕީ ޕްރައިމަރީ: މީދޫގެ ގޮޑިއަށް ދެބޭފުޅުން ވާދަކުރައްވާނެ

advertisement

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެނޑިޓޭޓުން ހޮވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީ މި ޖެނުއަރީމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން އެމްޑީޕީ ޕްރައިމަރީގައި މީދޫން ވާދަކުރާނީ  ނާދިޔާ ހަސަން އަދި އައިޝަތު ޝޫޒާ އެވެ.  ނާދިޔާ އަކީ އެމްޑީޕީ އުފެދުނީއްސުރެން އެޕާޓީގައި ހަރަކާތްރެރި ވަމުންއަންނަ މީދޫގެ އެމްޑީޕީ އެކްޓިވެސްޓެކެވެ. ޝޫޒާއަކީ ވެސް ސިޔާސީ ހަރަކާތް ތަކުން ފެނިގެން ގޮސްފައިވާ ޒުވާން ކަނބަލެކެވެ.

ކައުންސިލްތަކުގައި އަންހެނުން ދައުރު ފުޅާކުރަން  މިސަރުކާރުން އަލަށް ފާސްކުރި ބިލްގައި ޚާއްސަ ބާބެއް ހިމަނާފައިވެ އެވެ. އެގޮތުން ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ޚާއްސަވެ އެވެ . މިއީ ރާއްޖޭގައި އިންތިޚާބީ މަގާމުތަކެއް އަންހެނުންނަށް ޚާއްސަ ކުރާ ފުރަތަމަ ފަހަރެވެ

ސިޓީކައުންސިލް އިންތިހާބުގެ ދާއިރާތައް ހަމަޖައްސާ އުސޫލު ކަނޑައެޅި އިރު މީދޫ އަށް ވަނީ އަންހެން ކައުންސިލަރަކު ހޮވުމަށް މަގުފަހިވެފައެވެ.

ބެލެވޭ ގޮތުގައި މީދޫދާއިރާގެ އެމް.ޑީޕީ ފުރައިމަރީ ވާދަވެރިވާނެއެވެ. އެމްޑީޕީން އާންމު ކުރި ވޯޓުލުގުމުގެ ހައްގު ލިބިގެންވާ ލިޓުން ދައްކާ ގޮތުގައި 1026 އެމްޑީޕީ އާއްމު މެމްބަރުން މީދޫގައި އެބަތިއްބެވެ .

ސިޓީ ކައުންސިލަރުންގެ މެމްބަރުންގެ ގޮތުގައި ހޮވޭ ބޭފުޅަކަށް  މުރާސަ އާއި ލިވިން އެލަވަންސާއެކު މަހަކު ތިރީސްހާސް ރުފިޔާ ލިބޭނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަމްސުއްދީން ސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތް: އެއްވަނަ ދަރިވަރަކަށް އާއިޝަތު އީޝާ އަސްލަމް

ޝަމްސުއްދީން ސްކޫލުން ބޭއްވި އެސްކޫލްގެ 36 ވަނަ ގުރުއާން މުބާރާތުގެ  އެއްވަނަ ދަރިވަރަކަށް އެސްކޫލްގެ ގްރޭޑް 5 ބީގެ ...

ކޮވިޑް 19: މިއަދު ހުޅުދޫ އާއި މީދުން ޕޮޒިޓިވްވެފައިވަނީ އެކަކު

އިތުރު 1 އެކަކު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ...

ކޮމިއުނިޓީ ސްޕެރެޑެއް އައްޑޫގައި އޮތްކަމަށް ގަބޫލް ކުރެވޭ – ސޯބެ

އައްޑޫގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕެރެޑެއް އޮތްކަމަށް ގަބޫލް ކުރެވޭކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.  ސޯބެ ...