ރަށްރަށުގައި ދިއްލާފައިވާ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަނީ

ރަށްރަށުގައި އިޖްތިމާއީ ބޭނުންތަކަށް ދިއްލާފައި ހުންނަ ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފެނަކަ އިން ބުނެފިއެވެ.

ފެނަކަ އިން އެގޮތަށް ބުނެފައި ވަނީ ރ. އުނގޫފާރުގައި ކުޑަކުއްޖަކާއި 18 އަހަރުގެ ޒުވާނަކު ކަރަންޓުގައި ޖެހުނު ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާގައި ޒަހަމްވި 18 އަހަރުގެ ޒުވާނާ އަށް ފަރުވާ ދިނުމަށް މާލެ ގެންގޮސްފައިވާއިރު، އެ ކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ.

ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނީ ރަށްރަށުގައި ދިއްލާފައިވާ ބައްތިތައް ސްޓޭންޑަޑައިޒް ކުރުމަށް ފެނަކައިން ކައުންސިލްތަކާއި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރަށްރަށުގެ އިޖްތިމާއީ ދިއްލުންތަކަށް ބޭނުންކުރާ ބަނދަރާއި މަގުމަތީގެ ބައްތިތަކަކީ ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބަލަހައްޓާ އެ ކޯޕަރޭޝަނުން ކަރަންޓު ފޯރުކޮށްދެމުން ގެންދާ ބައްތިތަކެއް ކަމަށް ކަމުގައި ފެނަކަ އިން ބުންޏެވެ. ނަމަވެސް ގިނަ ރަށްރަށުގެ އެބާވަތުގެ ބައްތިތަކުގައި އީއެލްސީބީ ހަރުކުރެވިފައި ނުހުންނަ ކަން ފާހަގަ ކުރެވޭ ކަމުގައި ފެނަކަ އިން ބުންޏެވެ.

އެހެންވެ އެކަން ހައްލު ކުރުމަށް ކުރިޔަށް އޮތް މަހެއްހާ ދުވަސްތެރޭގައި ފެނަކަ އިން ހިދުމަތް ދެމުން ގެންދާ ހުރިހާ ރަށެއްގައި އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަން ވެސް ފެނަކަ އިން ވަނީ ހާމަކޮށްފައެވެ. އަދި ކައުންސިލްތަކާއި އެއްބަސް ވެވޭ ގޮތެއްގެ މަތިން، ދެމެހެއްޓެނެވި ގޮތެއްގައި ފެނަކައިގެ ފަރާތުން އިޖްތިމާއީ ބޭނުމަށް ދިއްލާ ބައްތިތައް ބެލެހެއްޓުމަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފެނަކަ އިން ބުންޏެވެ.

ކައުންސިލްތަކުން ގޮވާލާ ވަގުތުތަކުގައި ފެނަކައިގެ ޓެކްނިކަލް ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ފެނަކަ އިން ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިތުރު 2،707 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 2،700އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ...

އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 4 ވަނަ އިސްލާޙް ގެނައުމުގެ ބިލް ތަސްދީޤު ...