ރާއްޖެއިން އިތުރު 2،700އަށްވުރެ ގިނަ މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ރޭ ބުނީ މާލެ ސަރަހައްދުން 1،420 މީހުންނާއި ރަށްތަކުން 761 މީހުންނާއި ރިސޯޓުތަކުން 94 މީހުން އަދި ރާއްޖެއިން ބޭރުން އައި ތިން މީހަކާއެކު މުޅި ޖުމްލަ 2،707 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 15،721އަށް އަރައިފައެވެ. އަދި މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 120،168 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖެއިން އަލަށް ޕޮޒިޓިވްވި 2،707 މީހުންނަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ނަގާފައިވާ 7،681 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލެވެ. މީގެތެރެއިން 4،273 މީހުންނަކީ މާލެ ސަރަހައްދުން ސާމްޕަލް ނެގި މީހުންނެވެ.

ކޮމެންޓްސް (0)