މާނާ ހުޅުދޫ އަވަށު އޮފީހަށް ބަދަލުކުރުމަށް ނިންމި ނިންމުމަކީ މީދޫ ރަށްޔިތުން ބަލައިގަންނާނެކަމެއްނޫން- މީދޫދާއިރާގެ އިންތިޚާބީ މެމްބަރު އައްދު

މީދޫ އަވަށުއޮފީހުގެ ކައުންސިލް އެގްޒެކެޓިވް މަޢާނާ މުމްތާޒު ހުޅުދޫ އަވަށު އޮފީހަށް ބަދަލުކުރުމަށް ނިންމި ނިންމުން އައްޑޫމީދޫ ރައްޔިތުން ބަލައި ނުގަންނަކަމަށް މީދޫދާއިރާގެ އިންތިޚާބީ މެމްބަރު އަބްދުއްރަހުމާނު ވިދާޅުވެއްޖެވެ.

އަބްދުއްރަހުމާނު މިހެން ވިދާޅުވެފައިވަނީ މީދޫ އަވަށުއޮފީހުގެ ކައުންސިލް އެގްޒެކެޓިވް މާނާ ހުޅުދޫ އަވަށު އޮފީހަށް ބަދަލުކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމުމާއި ގުޅިގެން އެކަމާގުޅޭގޮތުން އަބްދުއްރަހުމާނުގެ ފޭސްބުކް ޕޭޖްގައި ލިއުއްވާފައިވާ ލިއުއްވުމެއްގައެވެ.

މީދޫ އަވަށުއޮފީހުގެ ކައުންސިލް އެގްޒެކެޓިވް މަޢާނާ މުމްތާޒު

މިލިއުމުގައި އިތުރަށް އަބްދުއްރަހުމާނު ވިދާޅުވެފައިވަނީ މަޢާނާއަކީ މީދޫގެ  ގިނަރައްޔިތުންގެ ލޯބިލިބި އެންމެންނާ ގުޅޭ ހިތްހެޔޮ ކަނބަލެއްކަމަށާ ކޮންމެ ފަރާތަކުން ކޮންމެ ނިޔަތެއްގައި ކުރިޔަސް އައްޑޫމީދޫ ރައްޔިތުން މިކަން ކުށްވެރި ކުރާކަމަށެވެ.

” ލާމަރުކަޒު ވުމުގެ ހަގީގީ މަގްސަދު ހާސިލްވާނީވެސް އެބައެއްގެ ތެރެއިންވާ ބަޔަކު އެބައެއްގެ ހިދުމަތުގައި ތިބެގެން”

އަބްދުއްރަހުމާނުގެ ފޭސްބުކްޕޭޖްގައި ވިދާޅުވެފައިވެއެވެ.

އައްޑޫސިޓީ ކައުންސިލްގެ އަވަށު އޮފީސަތަކާއި ސިޓީ ކައުންސިލްގެ އިދާރާގައި ” ކައުންސިލް އެގްޒެކެޓިވް ” ގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން އެހެން އޮފީސްތަކަށް ބަދަލުކުރުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމަކީ ކައުންސިލް އިދާރާތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށާ މިކުރެވޭ ބަދަލުގެ ސަބަބުން ލިބޭ ނަތީޖާ ދެނެ ގަތުމަށް ކުރެވޭ ބަދަލެއްކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނުރައްކާތެރި ބަލިތައް ފެތުރެން ދިމާވާ ސަބަބުތައް ދެނެގަތުމަށް ޢިލްމީ ދިރާސާތަކެއް ކުރަންޖެހޭ: ރައީސް

ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ފެތުރެން ދިމާވާ ސަބަބުތައް ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރަންޖެހޭކަމަށް ...

މީދޫ ޓުއަރިޒަމް ޒޯނުގެ   ގޮޑުދޮއް ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

 މީދޫ ޓުއަރިޒަމް ޒޯނުގެ   ގޮޑުދޮއް ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މީދޫގެ ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކާއި މީދޫ ...