32 މެގަވޮޓުގެ ޕަވަރ ޕްލާންޓާއެކު އައްޑޫ ސިޓީގެ ކަރަންޓް މައްސަލައަށް ބޮޑު ހައްލެއް

32 މެގަވޮޓުގެ ޕަވަރ ޕްލާންޓެއް އައްޑޫ ސިޓީގައި ޤާއިމްކުރުމަށް ޗައިނާގެ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފެނަކަ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރީ ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އެހެންނަމަވެސް ދާއިމީ ހައްލެއް ގެނެވިފައިނުވާ ކަމަށެވެ. އަދި ކަރަންޓު ކެނޑޭ، މައްސަލައަށް ދާއިމީ ހައްލެއް ނުގެނެވުމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން މިހާހިސާބަށް އައިރުވެސް ދިރިއުޅެމުންދިޔައީ ވަރަށް ދަތިކޮށް ކަމަށެވެ.

މުޢާޒް ވިދާޅުވީ ޗައިނާގެ ޑޮންގްފަންގާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އައްޑޫގައި 30 މެގަވޮޓުގެ ޕަވަރ ޕްލާންޓެއް ޤާއިމްކުރެވޭނެކަމަށާއި މި ޕަވަރ ޕްލާންޓާއެކު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރިއަށް އޮތް 20 ނުވަތަ 25 އަހަރަށް ދާއިމީ ހައްލެއް އަންނާނެ ކަމަށެވެ.

“މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެން. އެގޮތުން އެންމެ ފުރަތަމަ ޤާއިމްކުރެވޭނީ ކުރިއަށްއޮތް 15 އަހަރަށް 9.8 މެގަވޮޓުގެ 2 ޖަނަރޭޓަރު ސެޓު. އަދި އޭގެފަހުން 5.8 މެގަވޮޓުގެ 2 ޖަނަރޭޓަރު ސެޓު.” މުޢާޒް ވިދާޅުވިއެވެ.

މުޢާޒް ވިދާޅުވީ މިޕަވަރ ޕްލާންޓުން 50 މެގަވޮޓާ ހަމައަށް ޕަވަރ ކެޕޭސިޓީ އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓަށް ޚަރަދުކުރަނީ ޕްރޮޖެކްޓް ހަވާލުކުރި ޗައިނާގެ ކުންފުނިންނެވެ. ދިވެހި ސަރުކާރުން ފައިސާ ދައްކަންޖެހޭނީ 12 އަހަރަށް ބަހާލައިގެންނެވެ. މުޢާޒް ވިދާޅުވީ ޕަވަރ ޕްލާންޓުން ލިބޭ އާމްދަނީން 12 އަހަރަށް ބަހާލައިގެން އެއްވެސް އުނދަގޫކަމެއްނެތި ފައިސާ ދެއްކޭނެ ކަމަށެވެ.

މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ދޮޅު އަހަރު ދުވަހުން ނިންމާ ގޮތަށެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދެވެ. އަދި ޑޮންގފަންގް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޕްރެޒިޑެންޓް ސުން ޖެން ޕިންއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދަރަވަންދޫން ހައްޔަރުކުރި ފާތިހު ފުލުހުންގެ އިދާރާގައި މަސައްކަތްކުރި!

ޓެރަރިޒަމްގެ ތުހުމަތުތަކާއެކު ބ. ދަރަވަންދޫއިން ހައްޔަރުކުރި ލ. ގަން ތުނޑި، ދުންފިނި ،އުފާ، އަހްމަދު ފާތިހް ކުރިން ފުލުހުންގެ ...

ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު: ނަޝީދު

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދިވެހި ދައުލަތުގެ އިއްޒަތް ހައްގު ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ޖޫންގައި ބޮޑު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ...