ޗެމްޕިއަންސް ލީގު: ރެއާލްއާއި ސިޓީ ބައްދަލުކުރިމެޗްވެސް އެއްވަރު

ޗެމްޕިއަންސްލީގު ކުއާޓާ ފައިނަލް ފުރަތަަމަ ލެގުގައި އަންގާރަދުވަހުގެ ރޭ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑުން ބައްދަލުކޮށް ކުޅުނު ފޯރިގަދަ މެޗު 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ސިޓީ އިންނެވެ. މިލަނޑު މެޗު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފިލްޑަރު ބެނާޑޯ ސިލްވާ އެވެ.

 ނަމަވެސް އޭގެ 10 މިނެޓުފަހުން ރެއާލް މެޑްރިޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑަކީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު އެޑްއާޑޯ ކަމަވިންގާ ސިޓީގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ދިފާއުކުރަން އުޅުމުގެތެރޭގައި ސިޓީގެ ކެޕްޓަން ރުބެން ޑިއާޒް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ދެ މިނެޓު ފަހުން އެޓީމުގެ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ރޮޑްރީގޯ އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ރެއާލް މެޑްރިޑްގެ ލީޑު ފުޅާކުރުމަށް އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއާއަށް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ކުރެވޭގޮތް ނުވެފައެވެ. މިމެޗްގެ ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ފަށައިގެން  66 ވަނަ މިނެޓުގައި ސިޓީން ވަނީ އެޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ.

އަދި އޭގެ ފަސް މިނެޓު ފަހުން އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ  ސިޓީން ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޮއޭޝިޔާގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް އެވެ.

ސިޓީއިން ލީޑު ހޯދުމާއި އެކު ރެއާލް މެޑްރިޑުން ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެގޮތުން ރޮޑްރީގޯ އާއި ޓޯނީ ކްރޫސް ގެ ބަދަލުގައި ބްރަހީމް ޑިއާޒް އަދި ތަޖުރިބާކާރު މިޑްފިލްޑަރު ލޫކާ މޮޑްރިޗް ކުޅެންއެރުވިއެވެ. މިބަދަލާއެކު ރެއާލްގެ އެޓޭކުތައް ވަރުގަދަވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމުން ވަނީ  އެޓީމްގެ 3 ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުރުގުއާއީގެ މިޑްފީލްޑަރު ފެޑްރިކޯ ވަލްވޭޑޭ އެވެ.

ރެއާލްގެ މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗު މެންޗެސްޓަރ ސިޓީގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އޮލިމްޕިކްސްގެ ފިރިހިނެނުންގެ ވޮލީ: ބްރޯންޒް މެޑަލް ބްރެޒިލް ބަލިކޮށް އާޖެންޓީނާ ހޯދައިފި

ޖަޕާނުގެ ގައި ކުރިއަށް ގެންދާ ޓޯކިއޯ އޮލިމްޕިކްސް ގޭމްސް 2020 ގެ ފިރިހެނުންގެ ވޮލީގެ ބްރޯންޒް މެޑަލް އާޖެންޓީނާ ...

ކޮޕާޑެލްރޭގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ހޯދައިފި

އޮސަސޫނާ ބަލިކޮށް ކޮޕާޑެލްރޭގެ ޗެމްޕިއަންކަން 20 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ހޯދައިފި އެވެ. ރޭ ކުޅެވުނު ފައިނަލް ...

އެކުވެރިކަމުގެ ވޮލީ މެޗުތައް ކާމިޔާބުކުރީ މީދޫ ޓީމްތައް

ހުކުރު ދުވަހު މީދޫގައި  ކުޅެވުނު އެކުވެރިކަމުގެ ވޮލީ  މެޗުތައް މީދޫ ޓީމްތައް  ކާމިޔާބުކޮށްފި އެވެ. މިގޮތުން ހުކުރު ދުވަހު ...