ހުކުރު ދުވަހު މީދޫގައި ކުޅެވުނު އެކުވެރިކަމުގެ ވޮލީ މެޗުތައް މީދޫ ޓީމްތައް ކާމިޔާބުކޮށްފި އެވެ.
މިގޮތުން ހުކުރު ދުވަހު ހަވީރު މީދޫ ވޮލީކޯޓްގައި ކުޅެވުނުމެޗްގައި ބައްދަލުކުރީ ފޭދޫ އަންހެން ވޮލީޓީމަކާ މީދޫ އަންހެން ވޮލީޓީމެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅެމެއް ފެނިގެންދިޔަ މިމެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ މީދޫ ވޮލީޓީމެވެ.
އަދި މީގެ އިތުރަށް ހުކުރު ދުވަހުގެރޭ މީދޫ ވޮލީކޯޓްގައި ފޭދޫ ފިރިހެން ވޮލީޓީމަކާއި މީދޫ ފިރިހެން ވޮލީޓީމަކާއި ދެމެދު އެކުވެރިކަމުގެ ވޮލީމެޗެއްވެސް ކުޅެވުނެވެ. މިމެޗްވެސް ސީދާ ތިންސެޓުން ކާމިޔާބުކޮށްފައިވަނީވެސް މީދޫ ވޮލީޓީމެވެ.
ކޮމެންޓްސް (0)