ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ މެދުގައި ބޭއްވި ބަހުސް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން މިރޭ ދައްކާގޮތައް ހަމަޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ބަހުސް ޕީއެސްއެމްއިން ދެއްކުމަށް ހަމަޖެހިފައިވަނީ  މިރޭ 8:30 ގައެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން ގެނެސްދޭ މަޖިލިސް އިންތިހާބުގެ މިބަހުސްގައި  ރައްޔިތުންނަށް ކެންޑިޑޭޓުން ތައާރަފް ވުމަށް ފުރުސަތު ލިބޭއިރު ދާއިރާގެ ތަރައްގީގެ ކަންކަމުގައި ކެންޑިޑޭޓުންގެ ވިސްނުމާއި ތަސައްވަރު ހިއްސާ ކުރެވޭނެއެވެ.

މަޖިލިސް އިންތިޚާބުގައި މީދޫ ދާއިރާގެ ގޮނޑިއަށް 5 ކެނޑިޑޭޓުން ވާދަކުރެއެވެ.  އެކަމަކު ބަހުސްގައި ބައިވެރިވެފައިވަނީ   އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް ސަބްރީއާއި  ޕީޕީއެމްގެ/ ޕީއެންސީގެ ކެނޑިޑޭޓް އަލްއުސްތާޛު އިޔާޒު ނަސީމުގެ އިތުރުން އަމިއްލަގޮތުން ވާދަކުރައްވާ އަބްދުއްރަހުމާނެވެ. ހިޝާމާއި  އިބްރާހިމް ޝަފީއު މިބަހުސްގައި ބައިވެރިވެފައެއްނުވެއެވެ.

މިރޭ 8:30 ގައި ދެއްކުމަށް ހަމަޖެހިފައިވާ މިހުސް އަބްދުއްރަހުމާނުގެ ކެމްޕެއިން އޮފީހާއި އިޔާޒުގެ ކެމްޕެއިންޓީމުން އަދި ސަބްރީގެ ކެމްޕެއިންޓީމުން ބޮޑު ސްކްރީން ބަހައްޓައިގެން ދެއްކުމަށްދަނީ ތައްޔާރީތައް ވަމުންނެވެ.

އަންނަ މަހުގެ ބޭއްވުމަށް ހަމަޖެހިފައިވާ މިއިންތިހާބުގެ ކެންޕެއިން މީދުގައި ފެނިގެންދަނީ ވަރަށް ފޯރި ގަދަކޮންނެވެ

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިލެކްޝަން ކޮމިޝަން ގެ ރައީސް ކަަމަށް ޝަރީފު

އިލެކްޝަން ކޮމިޝަންގެ ރައިސް ކަމަށް، އެ ކޮމިޝަނަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި އަހުމަދު ޝަރީފު ހޮވިއްޖެއެވެ. ޝަރީފު ...

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފި

ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވައިފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ ...

ކޮވިޑް 19 ގެ އެންމެ ގިނަ ބަލިމީހުން ފެންނާނީ މެއި 31 ގައި – އެދުވަހު އެކަނިވެސް 1600 ބަލި މީހުން ފެނިދާނެ_- ޑރ . ޝީނާ

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ ގޮތައް ބަލާއިރު އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނީ މެއި މަހުގެ 31 ...