މީދޫގެ ބިންހިއްކުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ރައީސްގެ ކިބައިން އެދެފި

މީދޫގެ ލޭންޑްޔޫސްޕްލޭންގައި ގޯތި ދިނުމަށް ނިންމާފައިވާ އެއްތަނަކީ މީދުން ހިއްކުމަށް ހަމަޖެހިފައިވާ ބިންކަމަށްވާތީ އެބިން ހިއްކުމުގެ އަމަލީ މަސައްކަތް އަވަސްކޮށްދެއްވުމަށް  ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކިބައިން މީދޫ  ކައުންސިލުން އެދެފި އެވެ.

ރައީސް މުއިއްޒު އައްޑޫސިޓީއަށް ކުރެއްވި ދަތުރުފުޅުގެ  ތެރެއިން ހުޅުމީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި  ޖަލްސާގައި މީދޫ ކައުންސިލަރު ސޯލިހާ ވިދާޅުވީ  އައްޑޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް މީދޫ ފިޔަވައި އެހެން ހުރިހާ އަވަށްތަކުގައި ކުރިއަށް ގެންގޮސްފައިވީނަމަވެސް އެމަސައްކަތް އެއްވެސް ގޮތަކަށް ނުފެށިއޮތީ މީދޫގައިކަމަށްވުމާއެކު އެމަސައްކަތް  އަވަސް ކޮށްދެއްވުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ސޯލިހާ ވިދާޅުވީ ހުޅުދޫމީދޫގެ އާބާދީއަކީ ކުޑަކުޑަ އާބާދީއެއްނޫންކަމަށާ  އެހެންކަމުން ހުޅުދޫމީދޫގެ ތުއްތުކުދީންނަށް ފަރުވާދިނުމަށް ކުޑަކުދީންގެ ޑޮކްޓަރެއް ހުޅުދޫމީދޫގެ ސިއްހީމަރުކަޒުގައި ގާމްއިމްވެ ހުރުމަކީ ދެރަށުގެ ރަށްޔިތުން އިންތިހާއަށް އެދޭކަމެއްކަމަށްވާތީ ސިއްހީމަރުކަޒުގައި މަސައްކަތްކުރައްވާނެ ކުޑަކުދީންގެ ޑޮކްޓަރު ބަހައްޓައި  ދެއްވުމަށްވެސް ރައީސްގެ ކިބައިން އެދިވަޑައިގެންނެވިއެވެ.  

ސޯލިހާ : ސިއްހީމަރުކަޒުގައި ދާއިމީކޮށް ބައްލަވާނެ ކުޑަކުދީންގެ ޚާއްސަ ޑޮކްޓަރަކު ބަހައްޓަވައި ދެއްވުމަށް އެދިވަޑައިގެންނެވި

މިބައްދަލުވުމުގައި ހުޅުދޫއާއި މީދޫގެ މަގުހެދުމުގެ ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ސޯލިހާ ވިދާޅުވީ އެމަސައްކަތް އެންމެފުރިހަމަގޮތުގައި ކުރެވެމުން ނުދާކަމަށެވެ.

މަގުހެދުމުގެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމާ ހަމައަށް ދާއިރު އެސައްކަތް އެންމެ ފުރިހަމަ ގޮތުގައި ނުދާކަން ހިތާމަޔާއެކު ފާހަގަކޮށްލަން ، އެހެންކަމުން އެކަމުގައިހުރި މައްސަލަތަކަށް ހައްލުހޯއްދަވާދެއްވާ އެމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދެވޭނެގޮތް ހައްދަވައި ދެއްވުމަކީ ހުޅުދޫމީދޫގެ ރަށްޔިތުންގެ ވަރަށްބޮޑު އެދުމެއް

ސޯލިހާ ވިދާޅުވިއެވެ.

އައްޑޫސިޓީގެ ގުޅިފައިވާ ރަށްރަށުގައިހުންނަ އެސްޓީއޯ ފިހާރަތަކުން ލިބޭވަރަށްވުރެ އަގުބޮޑުކޮށް  ކޮންސަކްޝަން ދާއިރާގެ މަސައްކަތްތަކަށް ބޭނުންކުރާ ތަކެތި ހުޅުމީދޫ އެސްޓީއޯއިން ލިބޭތީ އެތަކެތި ގުޅިފައިވާ ރަށްރަށުގެ އެސްޓީއޯ ފިހާރަތަކުން ލިބޭއަގުގައި ހުޅުދޫމީދޫގެ އެސްޓީއޯ ފިހާރައިން ލިބޭނެގޮތް ހައްދަވައި ދެއްވުމަށާ ސީއެމްބިއުލެންސްގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށްވެސް ރައީސް ޑރ. މުއިއްޒުގެ ކިބައިން ސޯލިހާ އެދިވަޑައިގެންނެވިއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކަ، އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަދަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ހުރިހާ ހިއްސާއެއް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް، އެސް.ޓީ.އޯ އިން ގަނެ މިއަހަރުގެ ...

ކޮވިޑް-19: މާލެ ހިމެނޭ ސަރަހައްދުގައި ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ކޮވިޑް-19 އާއި ގުޅިގެން މާލެ ހިމެނޭ ސަރަހައްދުގެ ފިހާރަތައް ހުޅުވުން މަނާ ގަޑިތަކެއް ކަނޑައަޅައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ ...

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް އެ ކޯޕަރޭޝަންގެ ފަރާތުން ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި އެވެ. ފެނަކަ އިންސްޓިޓިއުޓް ...