ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި

ފެނަކަ ހދ އަތޮޅުގެ މުވައްޒަފުންނަށް އެ ކޯޕަރޭޝަންގެ ފަރާތުން ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ބާއްވައިފި އެވެ. ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެނިންގ އެންޑް ރިސާޗްއިން ހދ. އަތޮޅުގައި ބޭއްވި ޓްރެއިނިންގ ޕްރޮގްރާމް ބާއްވާފައި ވަނީ ކުޅުދުއްފުށީފަ އެވެ.

ކުޅުދުއްފުށީގައި ބޭއްވުނު ޓްރެއިނިންގ ޕްރޮގްރާމްގައި ޓެކްނިކަލް އަދި އިލެކްޓްރިކަލް ދާއިރާއިން ޓްރެއިނިންގ ފޯރުކޮށްދީފައި ވެއެވެ. އަދި ޕްރެކްޓިކަލް ބައިގައި ވަޔަރު ކުރުމަށް ޓެސްޓުކޮށްފައި ވެއެވެ.

ފެނަކައިން ހދ. އަތޮޅުގެ މުވައްޒަފުންނަށް ބޭއްވި ޚާއްސަ ޓްރެނިންގ ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ- ފެނަކަ

އެއް ދުވަހުގެ މުއްދަތަށް ބޭއްވި ޓްރެއިނިންގ ޕްރޮގްރާމްގައި ފެނަކައިގެ ކުޅުދުއްފުށީ ބްރާންޗުން ފަސް މުވައްޒަފުން ބައިވެރިވިއިރު، އެއަތޮޅުގެ އެހެން ކޮންމެ ބްރާންޗަކުން ދެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. ނަމަވެސް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތުމުން މަކުނުދޫއާއި ނޭކުރެންދޫގެ މުވައްޒަފުންނަށް މިޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެވޭގޮތް ވަނީ ނުވެފައެވެ.

ފެނަކައިން ހާމަކޮށްފައިވާގޮތުން މިފަދަ ޓްރެއިންގ ޕްރޮގްރާމް މި މަހުގެ ތެރޭގަި ނ. ވެލިދޫގައި ބޭއްވޭނެއެވެ. މި ޕްރޮގްރާމްގައި ، ނ. އަތޮޅުގެ ހުރިހައި ބްރާންޗަކުން ބައިވެރިވާނެ ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު

  Advertisement ޒަމާނުއްސުރެން ފަށައިގެން ރާއްޖޭގައި އިންސާފު ގާއިމްކޮށްދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވެފައި ވަނީ އައްޑޫސިޓީ މީދޫއަށް ނިސްބަތްވެވަޑައިގަންނަވާ ...

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދު އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ މި 15 ...

އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވާލަނީ

އަންނަ އާދީއްތަ ދުވަހުން ފެށިގެން، ( 5 ޖުލައި 2020 އިން ފެށިގެން )  ސަރުކާރުގެ އިދާރާތައް އާންމުކޮށް ...