ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުގެ އަމުރު އާންމުކޮށްފި

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެ ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.
އެ އަމުރު ޝާއިއުކޮށްފައި މިވަނީ، ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި އަމުރު ތަންފީޒު ކުރުމުގެ ކުރިން އެ އަމުރުގެ ސައްހަކަން ބަލަމުންދާކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވެފައި ވަނިކޮށެވެ. އަނިލް ވިދާޅުވީ، އަމުރުގެ ސައްހަކަން ބެލުމަށް ސުޕްރީމް ކޯޓާއި މުއާމަލާތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމްގައި ވަނީ، ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިއްތިފާގުންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަމާދު ކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން އެންގީ ޢާއްމުންގެ ޝަކުވާ ބޮޑުވެގެން : މިނިސްޓްރީ

މިސްކިތްތަކުގައި ބަންގި ގޮވާ ސްޕީކަރުން، ނަމާދުކުރާ އަޑު ބޭރަށް ނީވޭގޮތް ހަދަން މާލޭގެ ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވާނެ ...

ރައީސްގެ އިލްތިމާސްއެއް ސަރުކާރު މުވައްޒަފުންނަށް: ވެކްސިން ފުރިހަމަކުރޭ!

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ދެމުން އަންނަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް ރައީސް ...

ފަތުރުވެރިކަމަށް ގެއްލުންވާނެފަދަ ޢަމަލެއް ނުހިންގަން – ކަސްޓަމްސް

ޤަވާޢިދާއި ޚިލާފަށް ބަނގުރާ ގެންގޮސްފައިވާކަމަށް ތުހުމަތުކުރެވޭ ރިސޯޓުތަކުން، އެތަކެތި އަނބުރާ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހިންގާ އޮޕަރޭޝަންގައި، ...