ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުގެ އަމުރު އާންމުކޮށްފި

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމް، އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެ ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.
އެ އަމުރު ޝާއިއުކޮށްފައި މިވަނީ، ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ ކުރި އަމުރު ތަންފީޒު ކުރުމުގެ ކުރިން އެ އަމުރުގެ ސައްހަކަން ބަލަމުންދާކަމަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވެފައި ވަނިކޮށެވެ. އަނިލް ވިދާޅުވީ، އަމުރުގެ ސައްހަކަން ބެލުމަށް ސުޕްރީމް ކޯޓާއި މުއާމަލާތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހުގެ ރޭ އިއްވި ހުކުމްގައި ވަނީ، ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް އަމުރު ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިއްތިފާގުންނެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި މައުމޫންގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމްގެ އަރިސް ...

ކޯވިޑް-19 : އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެ

އިތުރު 8 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 137 އަށް އަރައިފިއެވެ. ...

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ ބިލް ތަސްދީގުކޮށްފި

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ...