ގެއްލިގެން ހޯދަމުން ދަނިކޮށް އައްޑޫ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓުގައި މަސައްކަތް ކުރާ ފުލުހަކު މަރުވެފައިވާ އޮތްވާ ފެނިއްޖެއެވެ.

އުމުރުން 22، އަހަރުގެ ޒުވާނާ މަރުވެފައި އޮތްވާ ފެނުނީ ހިތަދޫ ޓްރެކް ސަރަހައްދު މޫދުންނެވެ. އޭނާ ގެއްލިގެން ހޯދަން ފަށާފައިވަނީ ރޭގެ އިޝާ ނަމާދަށް ފަހު ގެއަށް ނައިސް ހަބަރެއް ނުވުމުންނެވެ. މިކަން ފުލުހުންނަށް ރިޕޯޓްކޮށްގެން އޭނާ ހޯދަން ފަށާފައިވަނީ ރޭ 12:40 އެހައިކަށް ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދަމުންދަނިކޮށް އޭނާގެ ސައިކަލް އަދި ހެދުމާއި ފައިވާނާ އެކު ހިތަދޫ ޓްރެކް ސަރަހައްދުން ވަނީ ފެނިފައެވެ. ފުލުހުން ބުނެފއިވަނީ، އޭނާ ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހިތަދޫ ސްވިމިން ޓްރެކްސް ސަރަހައްދު މޫދުން ރޭ 1:40 އެހައިކަށްހާއިރު ކަމަށެވެ. އަދި އޭނާ ވަގުތުން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި ނަމަވެސް، ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިމައްސަލަ މިހާރު އިތުރަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

މަސްދަރު: އައްޑޫލައިވް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނިޒާމީ ވޯޓަށް ރައީސް ސޯލިހު ވަދެވަޑައިގަންނަވާކަށް ނުޖެހޭ، ބެހޭ ކަމެއް ނޫން: ނަޝީދު

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބެހޭވެސް ކަމެއްް ނޫންކަމަށާއި، އެ މަަަސައްކަތުގެ ތެރެއަށް ...

ނަޝީދުގެ މައްސަލަ ހުއްޓުވީ ޤާނޫނާ ހިލާފަށް، އީވާ ނެތަސް މައްސަލަ ކުރިއަށްގެންދެވޭނެ: ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުއްޓުވީ ޤާނޫނާ ހިލާފަށް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ...

އޭޓީއެމްތަކުން ކޭޝް ކާޑު ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް،ބީއެމްއެލްގެ އޭޓީއެމްތަކުން ކޭޝް ކާޑު ބޭނުން ކުރާ ގޮތަށް ބަދަލުތަކެއް ގެނެސްފިއެވެ. އެގޮތުން މީގެ ކުރިން ...