ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބެހޭވެސް ކަމެއްް ނޫންކަމަށާއި، އެ މަަަސައްކަތުގެ ތެރެއަށް ރައީސް ސޯލިހު ވަދެވަޑައިގަންނަވަން ނުޖެހޭ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ބަރުލަމާނީ ނިޒާމާ ބެހޭގޮތުން ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަރަށް ބޮޑު ހިތާމައެއް، މުށް ބާރުކޮށް ނުވަތަ މި ބާވަތުގެ ނިޒާމީ ވާހަކައަކަށް ރައީސުލްޖުމްހުރިއްޔާ ވަދެވަޑައިގަންނަވާކަށް އެއްގޮތަކަށްވެސް ޖެހިވަޑައެއް ނުގަންނަވާ. މިއީ ހަމަ އެއްގޮތަކަށްވެސް ރައީސުލްޖުމްހުރިއްޔާ އާއި ބެހޭވެސް ވާހަކައެއް ނޫން ހަގީގަތުގައި
ނަޝީދު ވިދާޅުވި އެވެ.
ގައުމެއް ދެބައިވުމަށް ވެސް ފެންނަ ނުފެންނަ ވޯޓު ބައެއް ގައުމުތަކުގައި ނަގާފައި އެބަހުރިކަމަށާއި، ބުއްދުވެރި ވެރިން އެކަންކަމުގެ ތެރެއަށް ނުވަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ބުއްދުވެރި ވެރިން ކަންތައް ކުރާ ގޮތަކީ މޮޅުވާ ކޮޅަކަށް ދިއުން ކަމަށާއި، ހުންނެވިކޮޅު ވިދާޅުވާން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ.
އަދި ނަޝީދު ވަނީ، ރައްޔިތުންނަށް ގޮން ނުޖެއްސެވުމަށާއި، ވަކިބަޔަކީ މަދުބައެކޭ ނުބުނުމަށް ރައީސް ސޯލިހަށް އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ، ބަރުލަމާނީގެ ކެމްޕެއިނެއްވެސް އަދި އެވާހަކަދެއްކުންވެސް ނުހުއްޓޭނެ ކަމަށާއި، ބަރުލަމާނީ ވޯޓުވެސް ނަގާނެ ކަމަށެވެ.
ބަރުލަމާނީ ވޯޓާއި ނުބެހުމަށް ރައީސް ސޯލިހަށް ނަޝީދު އިލްތިމާސްކުރެއްވިއިރު، ރައީސް ސޯލިހު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކުރިން ރައްޔިތުންގެ ކައިރިއަށް ވަޑައިގެން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދެވުމަށާއި، އޭގެ ކުރިން ނިޒާމު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
މަސްދަރު: ސީއެންއެމް
ކޮމެންޓްސް (0)