މަހަށް ނުކުމެ އުޅުނު ގއ. ގެމަނަފުށީ އޯކިޑް 707  ބިންދައިގެން ގޮސްފި އެވެ.

އެނގިފައިވާ ގޮތުގައި ހާދިސާގައި މީހަކަށް ހާނީއްކައެއް ނުވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދޯނި ބިންދައިގެން ގޮސްފައި ވަނީ ފުވައްމުލަކު ސިޓީއާ ދިމާލުން 20 މޭލު ބޭރުންނެވެ. އަދި ދޯނި އޮތް ސަރަހައްދަށް ދަތުރުކުރުމަށް ދެ ގަޑިއިރު ހޭދަވާނެ އެވެ.

advertisement

އޯކިޑު 707 ގެ ފަޅުވެރިއަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ދޯނި ބިންދައިގެން ގޮސް ދެފަޅިވެފައި ވަނީ، ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ.

އަދި ދޯނި ބިންދައިގެންދިޔަނަމަވެސް ސެޓުލައިޓު ފޯނުގެ އެހީގައި ކަމާބެހޭ ފަރާތްތަކާއި މުއާމަލާތުކުރެވެމުން ދާކަމަށްވެސް  ދޯނީގެ ފަޅުވެރިއަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

އޯކިޑު 707 އަކީ 111 ފޫޓުގެ ދޯންޏެކެވެ. ބިންދައިގެން ދިޔައިރު އޭގައި ތިބީ 42 ފަޅުވެރީންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ބިންދައިގެންދިޔަ ދޯނި އޮތްސަރަހައްދަށް މަސްދޯނިފަހަރާއި އެމްއެންޑީއެފްގެ ލޯޗެއްވެސް މިހާރު ދަނީ ދަތުރުކުރަމުންނެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލްސީ ބަލިކޮށް އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލެސްޓާ ހޯދައިފި

ޗެލްސީ ބަލިކޮށް ފުރަތަމަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ލެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ. ލަންޑަންގެ ވެމްބްލީ ...

މީދޫ ޓާފް ދަނޑު ހުޅުވައިފި

މީދޫގައި ސަރުކާރުން ތަރައްގީ ކުރި ޓާފް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ. އާދީއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ...

ގުޅީފަޅުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

ގުޅީފަޅުގައި އަލިފާނުގެ ޙާދިސާ ހިނގި އެފްކޮންގެ ސައިޓުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް ފެނިފައިވާ ކަމަށް ...