ސްޕޭނުގެ ލަލީގާގައި ރޭ އަލަވޭސް އަތުން ފަހަތުން އަރައި 2 ލަނޑު 1 ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގެ ކުޅުންފެށިގެން ބާސެލޯނާ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނިކޮށް  މެޗްގެ 23 ވަނަ މިނިޓްގައި އަލަވޭސްއިންވަނީ ލަނޑެއްޖަހާ މެޗްގެ ލީޑްް ނަގާފައެވެ. ކައުންޓާ އެޓޭކެއްގައި އަލަވޭސްގެ މިލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯން ގިޑެޓީއެވެ.

އަލަވޭސް ލަނޑެއް ޖަހާ މެޗްގެ ލީޑް ހޯދުމުންް ބާސެލޯނާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް، އަލަވޭސްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މި މެޗުގައި  ބާސެލޯނާ އަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރެވުނީ 72 ވަނަ މިނިޓްގައި  ލުއިސް ސުއާރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސުވަރޭޒްގެ މިލަނޑަކީ އިނިއެސްޓާ ތަނަވަސްކޮށްދިން ބޯޅައަކުން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ރޭގެ މިމެޗުން ބާސެލޯނާ މޮޅުވި ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެސީއެވެ. މެސީގެ މިލަނޑަކީ އަލަވޭސްގެ ގޯލް އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެސީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެ

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެއެވެ. އުމުރުން 32 އަހަރުގެ ވިލިއަމް  އާސެނަލަށް ...

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލްއަށް 6 ޕޮއިންޓްގެ ލީޑެއް

ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް  4 ލަނޑު 0 ލަނޑުން  ލިވަޕޫލް މޮޅުވެ  އިގިރޭސި ޕްރިމިއާލީގުގެ ޕޮއިންޓް ޓޭބަލުން 6 ...

އާސެނަލްގައި 12 އަހަރު ހޭދަކުރުމަށްފަހު ވޮލްކޮޓް އެވަޓަންއާއި ގުޅިއްޖެ

ދިގު މުއްދަތެއް އާސެނަލްގައި ހޭދަކުރުމަށްފަހު ތިއޯ ވޮލްކޮޓް އެވަޓަންއާއި ގުޅިއްޖެއެވެ. ތިން އަހަރާ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގެ ...