ފިލްމު ސުޕަރ 30 އަކީ ޕަޓްނާގެ ސްކޮލަރ އާނަންދް ކުމާރްގެ ހަޔާތުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. އާނަންދް ކުމާރަކީ ކޮންމެ އަހަރަކު ތައުލީމީ ފެންވަރު ދަށް 30 ކުދިންނަށް ކިޔަވައިދެމުން އައި މީހެކެވެ. އަދި އޭނާ އަކީ ޕަޓްނާގައި ހިންގަމުން ސުޕަރ ތާޓީ ޕްރޮގްރާމްގެ ބާނީވެސް މެއެވެ. ފިލްމުގައި އާނަންދްގެ ރޯލުން ފެނިގެން ދާނީ ރިތިކްއެވެ. ފިލްމާއި ބެހޭ ގޮތުން ރިތިކް ބުނެފައިވަނީ މިއީ އޭނާ މުދައްރިސެއްގެ ރޯލުން ފެނިގެންދާނެ އެންމެ ފުރަތަމަ ފިލްމު ކަމަށެވެ.

ފިލްމު ސުޕަރ 30 ގައި އެކްޓަރ ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު ސާރާ ފެނިގެންދާނެ ކަމަށްވެސް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ. އެގޮތުން ފިލްމުގެ ޕްރޮޑިއުސަރު ވިކާސް ބެލްއާއި ސާރާ ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށްވެސް ބޮލީވުޑްގެ ޙަބަރުތައް ބުނެއެވެ.

ސާރާއާއި ރިތިކްގެ އުމުރުގައި ވަރަށް ބޮޑު ތަފާތެއް ހުރިއިރު، މިފިލްމުގައި އޭނާއާއި ރިތިކްއާއި ފެނިގެންދާނީ ލޯބީގެ ރޯލަކުން ކަމާމެދުގައި ސުވާލު އުފެދެއެވެ. އެހެންނަމަވެސް ރިތިކް ބުނެފައިވަނީ ފިލްމެއްގެ ކާސްޓް ހޮވުމުގައި މިހާރު އުމުރަށް ނުބަލާ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތަރައްޤީގެ މަޝްރޫޢުތައް ނިމޭއިރު ފަތުރުވެރިކަމުގެ މުޅިން އައު ބާބެއް އައްޑޫން ފެންނާނެ: ރައީސް

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ޢުމްރާނީ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ނިމިގެންދާއިރު އައްޑޫގައި ފަތުވެރިކަމުގެ މުޅިން އައު ބާބެއް ...

ކާނަލް ނަޝީދަށް ދަޢުވާކުރާކަށް އަދި ނުފޮނުވާ: ޕީޖީ

ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާ އެއްކޮށް ‏އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ...

ނާޒިމް ހައްޔަރުކުރީ ސިޔާސީ މަޤްޞަދެއްގައި ހަރުކަށި ފިކުރުގެ މީހުން ރުއްސަން: ރައީސް ނަޝީދު

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރީ ސިޔާސީ ...