މުއިއްޒު %54.06 ވޯޓާ އެކު އިންތިހާބު ކާމިޔާބުކުރައްވައިފި

ކުރިއަށް އޮތް ފަސް އަހަރުގެ ރައީސް ކަމުގެ މަގާމު، މާލޭގެ މޭޔަރު އަދި ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު މިއަދު ކަށަވަރު ކުރައްވައިފި އެވެ.

މި މަހުގެ 9ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވި އިދިކޮޅު ކެންޑިޑޭޓް މުއިއްޒާއި ދެ ވަނައަށް ދިޔަ ރައީސް ސޯލިހާ ދެމެދު މިއަދު ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު ރައީސް ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ، 586 ވޯޓް ފޮށިން ތެރެއިން މިހާތަނަށް ގުނި 585 ފޮށިން %54.06 ނުވަތަ 129165 ވޯޓް ހޯއްދަވައިގެންނެވެ. 

ރައީސް ސޯލިހު އަށް ލިބި ލެއްވީ  109،747 ވޯޓް؛ އެއީ ވޯޓްލީ މީހުންގެ %45.94 އެވެ.

މި އިންތިހާބުގައި ވޯޓްލެވޭ މީހުންގެ ތެރެއިން %86 އަށް ވުރެ ބޮޑު އަދަދެއް ވޯޓްލީ ކަމަށް އިލެކްޝަންސް އިން ލަފާކުރެ އެވެ. 

ވަގުތީ ނަތީޖާއަށް ބަލާއިރު މުއިއްޒު ރައީސް ސޯލިހުގެ މައްޗަށް ކުރީގައި އޮތީ 19،418 ވޯޓްގެ ތަފާތަކުންނެވެ. .

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 05  ޖޫން 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ފާރުތަކުގައި ”ޔާމީން ޖަލަށްލާ“ ޖަހަން ފަލާހު ގޮވާލައިފި

ގޭގޭގެ ފާރުތަކުގައި ކުރީގެ ރައީސް ޔާމީން ޖަލަށްލާ ޖަހަން ޖެހޭކަމަށް ރަށްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ...

މިއަދު ޕޮޒިޓިވްވި ދެވަނަ ފަރާތަކީ މިއަދު ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު

މިއަދު މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ ފަރާތަކީ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ފަރާތުގެ ދަރިފުޅު ކަން ...