ފާރުތަކުގައި ”ޔާމީން ޖަލަށްލާ“ ޖަހަން ފަލާހު ގޮވާލައިފި

ގޭގޭގެ ފާރުތަކުގައި ކުރީގެ ރައީސް ޔާމީން ޖަލަށްލާ ޖަހަން ޖެހޭކަމަށް ރަށްޔިތުންގެ މަޖިލިހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެވެ.

ފަލާހު މިހެން ވިދާޅުވީ އެމްޑީޕީން ރޭ ކޮމަންޑޫ ގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭނު ޖަލްސާގައި   ރޭ ވާހަކަދައްކަމުން ފަލާހު ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަކީ ވެސް ފާރުތަކުގައި އެއްޗެހި ޖަހަން ދަންނަ ބައެއް ކަމަށެވެ.

“އަޅުގަނޑުމެން ހިނގާ ނުކުމެ، ބޮޑު ވަގު ޔާމީން ޖަލަށްލާ… މި ބަހުރުވައިން ލިޔަން ހިންގަވާ. އެހެން ނޫނިއްޔާ މި ގައުމެއް ދެން ރަނގަޅުވާކަށް ނެތް.” ފަލާހު ވިދާޅުވިއެވެ

އެގޮތުން ފާރުތަކުގައި އެމްޑީޕީއާ އެއްވަރަށް ތައްގަނޑު ޖެހުނު ބަޔަކު ނުތިބޭނެ ކަމަށާއި އެގޮތުން ”ޔާމީން ޖަލަށްލާ“  ފާރުތަކުގައި ޖަހަން ފަލާހު ވަނީ ގޮވާލާފަ އެވެ.

ފަލާހު މިކަމަށް މިގޮވާލީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ ކެމްޕޭނުގައި ގޭގޭގެ ފާރުތަކުގައި ”އިންޑިއާ އައުޓް“ ޖަހަން ޔާމީން ދާދިފަހުން ގޮވާލެއްވުމާ ގުޅިގެންނެވެ. އެ ގޮވާލެއްވުމާ އެއްގޮތަށް ބައެއް ރަށްތަކުގައި މިހާރު ވަނީ އެކަން ކުރަން ފަށާފަ އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަހަންނަށްވެސް ރޮވެނީއެވެ.

ފުރަމާލެއިން މިއަދާ ހަމައަށް  62  މީހަކާއި އުލިގަމުން މީހަކު  ކޮވިޑް19 އަށް ޕޮޒިޓިވް ވުމާއިއެކު ރާއްޖޭގައި މި ބަލި ...

އިދިކޮޅު ފަރާތްތަކުގެ މުނާފިޤުކަން ފެނިއްޖެ – މޫސަ

ރާއްޖޭގައި އިސްލާހަށް ކަމަށް ބުނެ، މަގުމަތީގައި ހަމަނުޖެހުން އުފައްދަމުން އަންނަ، އިދިކޮޅު ފަރާތްތަކުގެ މުނާފިޤުކަން ޙާމަވެގެން ހިގައްޖެ ކަމަށް ...

މީދޫ ހިމެނޭހެން ފަސްރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް، އެންޑް ޓެކްނޮލޮޖީއާ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ ގުޅިގެން ފަސް ރަށެއްގެ ...