އަންހެން ސިންގަލްސް ޗެމްޕިއަންކަން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފި

އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް އިވެންޓްގެ    ޗެމްޕިއަންކަން ޑެންމާކްގެ ކެރޮލައިން ވޮޒްނިއާކީ ހޯދައިފިއެވެ.

މެލްބަންގެ  ރޮޑްލޭވަރ އެރީނާގައި ކުޅެވުނު ފައިނަލްމެޗްގައި  ޑެންމާކްގެ ކެރޮލައިން ވޮޒްނީ މިމުބާރާތުގެ ޗެމްޕިއަންކަންހޯދީ ފައިނަލްގައި ރުމެނޭނިޔާގެ ސައިމޯނާ ހޭލެޕް ދެސެޓް އެއްސެޓުން ބަލިކޮށްފައެވެ.

ފައިނަލްމެޗްގެ ފުރަތަމަ ސެޓު 7-6 އިން ވޮޒްނިއާކީ ކާމިޔާބުކޮށްފައިވަނިކޮށް  ދެވަނަ ސެޓު 6-3 އިން ގެންގޮސް ހޭލެޕް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު 6-4 އިން ކާމިޔާބުކޮށް ވޮޒްނިއާކީ ވަނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި އުފުލާލާފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖެ ފެޑްރަލް ނިޒާމަކަށް ބަދަލު ކުރަން ޖެހޭ: ނަޝީދު

ގާނޫނުއަސާސީއަށް އިސްލާހު ގެނެސް، ދިވެހިރާއްޖެ ފެޑަރަލް ދައުލަތަކަށް ބަދަލުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ ...

ކޮވިޑް-19: އައްޑޫ އިން ހަތް ޑޮކްޓަރުންނާއި ގިނަ އަދަދެއްގެ ނަރުހުން އެކަހެރިކޮށްފި

އައްޑޫ ސިޓީން އިތުރު ފަރުވާ ދިނުމަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އައްޑޫ ...

ޖަލުހުކުމްތައް ބާޠިލްކުރުމާ ގުޅިގެން ރައީސް ޔާމީން މިނިވަން ވެއްޖެ

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހަތް އަހަރުގެ ...