ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބަޔަކާއެކު ކޯލިޝަން ހެދުމާމެދު މިރޭ ގޮތެއް ނިންމާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، ރޭ 21:00ގައި އޮންނަ ޑިމޮކްރެޓްސް ކައުންސިލްގެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާމެދު ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ.

ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސް އިން ޑިމާންޑްކުރަމުން އަންނަނީ ނިޒާމީ ވޯޓެއް ނެގުމަށް ތާއީދުކުރުމަށެވެ. އެގޮތުން އިންތިހާޞުގެ ދެވަނަބުރުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށްވެސް އެޕާޓީން އަންނަނީ މަސައްކަތްކުރަމުންނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އެވެ.


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ އަދީބާއި ޒިޔަތަށް މަޢާފްދެއްވައިފި

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު ޢަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ ...

މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދުވެސް އެމްޑީޕީގެ އަމާޒު: ނަޝީދު

ރާއްޖޭގެ މަސައްކަތްތެރިންނަށް އަބަދުވެސް ކަންކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ އަމާޒު ކަމަށް ރައްޔިތުން މަޖިލީހުގެ ...

މީދޫ ރަންހަދާ ތަނަކުން ވަގަށްނެގި ރަންތަކެއް ފުލުހުން ހޯދައިފި

މީދޫގައިހުރި ރަންހަދާ ތަނަކުން ގިނަ އަދަދެއްގެ ރަން ވަގަށް ނެގި  މައްސަލައަކާ ގުޅިގެން އެ ތަކެތި ހޯދުމަށް ފުލުހުން ...