ރައްޔިތުން ނިންމާ ނިންމުމަކަށް، އިޚުތިރާމްކޮށް ޤައުމާއިގެން ކުރިއަށް ދާންޖެހޭ: ނައިބް ރައީސް

މިއަދުގެ ވޯޓުލުން ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ކޮންމެ ނިންމުމަށް އިޚުތުރާމުކޮށް ޤައުމާއިގެން ކުރިއަށް ގެންދަން ޖާގަ ދޭންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިިބް ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާދަހަކަ ދައްކަވަމުންނެވެ. ނައިބް ރައީސް ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އަމާން ކަމާއި އޮމާން ކަމާއިއެކުގައި ކަމަށެވެ. އަދި އުންމީދަކީ ވޯޓުލުން ނިމިގެން ދާނީވެސް ހަމަ މިއެކުވެރި ކަމާއިއެކުގައި ކަމަށް ގަބޫލު ކުރާކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ އިންތިޚާބުތަކަކީ ހުރިހާ ރައްޔިތުންނާއި ގުޅިފައި އޮންނަ ކަމެއް ކަމަށާއި، މުޅި ގައުމުގެ ކުރިއެރުމާއި، ރައްޔިތުންގެ އުންމީދާއި ކުރިމަގާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ވޯޓު ލުމަކީ ފަރުދީ ޒިންމާއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިއަދު ކޮންމެ ގޮތަކަށް އިންތިޚާބު ނިމުނު ނަމަވެސް ރައްޔިތުން ނިންމާ ނިންމުމަށް އިޚުތިރާމުކޮށް ޤައުމު ކުރިއަށް ގެންދަން އެބަޔަކަށް ޖާގަ ލިބެންޖެހޭނެކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑަށް މިފެންނަނީ ވަރަށް ހަމަޖެހުމާއެކު މުޅި ރާއްޖޭގައި އިރާދަކުރެއްވިއްޔާ ވަރަށް ހަމަޖެހުމާއެކު ހަމަހިމޭން ކަމާއެކު ވަރަށް ސްމޫތުކޮށް ވޯޓުލުމުގެ ކަންތައްތައް ކުރިއަށްދާ މަންޒަރު. އަޅުގަނޑުމެންގެ އުންމީދަކީ ވެސް މިއީ.

ނައިބް ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ހަމައަށް ވަރަށް އިޚުލާސްތެރި ކަމާއިއެކު ރައީސް ޞާލިހުގެ ނައިބަކަށް ހުންނެވި ނައިބް ރައީސް ފައިސަލް ނަސީމަށް ދެވަނަ ދައުރަކަށް ރައީސް ކުރިމަތި ލައްވައިގެން ރަނިންމޭޓުގެ ޖާގަ ދެއްވާފައި ނުވެއެވެ. ނަމަވެސް ފައިސަލް އެކަމަށް ޝައުގުވެރިކަންވެސް ފާޅު ކުރިއެވެ.

މަސްދަރު: ޚަބަރު.ކޮމް


advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ސާފު ރާއްޖެ، އަހަރެންގެވެސް ޒިންމާ” ކެމްޕޭން ރަސްމީކޮށް ފަށައިފި

ދިވެހިންގެ ކިބައިގައި ކުރިއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގަނުވައި، މި ރާއްޖެ ސާފުތާހިރު ހިތްގައިމު ތަނެއްގެ ގޮތުގައި ...

އައްޑޫސިޓީން އިތުރު 81 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 81 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 81 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން ...

ކޮވިޑް19 އިން ސަލާމަތްވުމަށް ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް ދިވެހި ޑޮކްޓަރުން ތަކުރާރުކޮށް އިއުތިމާސްކޮށްފި

ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލިފެތުރޭ މިންވަރު އިންތިހާއަށް ގިނަވަމުންދާ މިދަޑިވަޅުގައި  ރާއްޖޭގެ ރަށްޔިތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރާއްޖެގެ ...