ސްޕެނިޝް ކަޕްގެ ސެމީފައިނަލަށް ބާސެލޯނާ  ދަތުރުކޮށްފިއެވެ.  ބާސެލޯނާ ސެމީފައނަލަށް ދަތުރުކުރީ ރޭ  ކުޅެވުނު ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗް އެސްޕަނިޔޯލާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.   މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1 ލަނޑު 0 ލަނޑުން އެސްޕަނިޔޯލާ ކާމިޔާބުކުރިއިރު ބާސެލޯނާ ސެމީއަށް ދަތުރުކުރީ 2 ލަނޑު 1 ލަނޑު ގެ އެގްރިގޭޓް ނަތީޖާ އިންނެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު މެޗްގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ.  މިމެޗްގައި ބާސެލޯނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 25 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ މެސީއެވެ.

ރޭ ކުޅެވުނު މިމެޗްގެ ދެވަނަ ހާފްގައިވެސް ބާސެލޯނާއިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައިވެއެވެ. އެހެން ނަމަވެސް ބާސެލޯނާގެ ކުޅުންތެރީން އެސްޕަނިޔޯލާގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކެއް އެސްޕަނިޔޯލާގެ ކީޕަރުވަނީ ދިފާއުކޮށްފައެވެ.

ލިވަޕޫލް ދޫކޮށް 142 މިލިއަން ޕައުންޑްގެ އަގަކަށް ބާސާ އާއި ގުޅުނު ކުޓީނިއޯ ރޭ ކުޅެވުނު މިމެޗްގެ ފަހުހާފްގެ  23 ވަނަ މިނިޓްގައި ބާސާގެ ކެޕްޓަން އިނިއެސްޓާގެ ބަދަލުގައި ކުޅެން އަރާ ރަނގަޅު ކުޅުމެއް ދައްކާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

މިމުބާރާތުގެ ސެމީ އަށް ބާސާ ދަތުރުކޮށްފައިވާއިރު ސެމީގައި އެޓީމު ބައްދަލުކުރާނެ ޓީމެއް އިނގޭނީ މިއަދު ނަގާ ގުރުއަތުލުމަށް ފަހުއެވެ. ބާސާގެ އިތުރުން ސެމީ އަށް ދެން ދަތުރުކޮށްފައިވަނީ ސެވިއްޔާ އާއި ވެލެންސިއާގެ އިތުރުން ރެއާލް މެޑްރިޑް ކަޓުވާލި ލެގަނޭސްއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގިނަ ދުވަސްތަކަކަށްފަހު މޮޅު ކުޅުންތެރިޔާގެ އެވޯޑް އަލުން ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް: މެސީ

ގިނަ ދުވަސްތަކަކަށްފަހު އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަލުން ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއްކަމަށް ފީފާއިން ހޮވި އަހަރުގެ ...

ޗެލްސީން އިސްތިއުފާ ނުދޭނެ ކަމަށް ކޮންޓޭ ބުނެފި

ޗެލްސީގެ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ. ...

ޗެމްޕިއަންސް ލީގު: ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗްގައި މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފުރަތަމަ މެޗުން އެޓީމް ބަލިވެއްޖެއެވެ. ސްވިޒަލެންޑްގެ ...