ޗެލްސީގެ ކޯޗުކަމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ކޮންޓޭ މިހެން ބުނެފައިވަނީ މި ސީޒަނުގައި އެ ޓީމު ނެރެމުންދާ ނަތީޖާތަކާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް ގިނަ ބަޔަކު ދަނީ އޭނާ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ. މިއީ އެ ގޮވާލުންތަކަށް ކޮންޓޭ ޖަވާބުދިން ފުރަތަމަ ފަހަރެވެ.

އިނގިރޭސި މީޑިއާތަކާއި ވާހަކަދައްކަމުން ކޮންޓޭ ބުނީ މި ސީޒަނަށްފަހު ޗެލްސީ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި ޗެލްސީގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ. އަދި ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އެއް އަހަރު އެބައޮތް ކަމަށާއި ޗެލްސީއާއެކު ކުރެވޭ މަސައްކަތްތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ. މީގެއިތުރުން ޗެލްސީގެ މެނޭޖްމަންޓާ މެދު އޮތުބާރު އެބައޮތް ކަމަށްވެސް ކޮންޓޭ ބުންޏެވެ.

މި ސީޒަނަށްފަހު ކޮންޓޭ ޗެލްސީ ދޫކޮށްލާނެ ކަމުގެ އަޑުތަކެއް ފެތުރެމުންދާއިރު އޭނާގެ ބަދަލުގައި އެހެން ކޯޗެއް ހޯދުމުގެ މަސައްކަތް ޗެލްސީން ކުރަމުންދާ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ކޮންޓޭ ބުނީ އެފަދަ ވާހަކަތަކަކީ އާދައިގެ ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް މީހުން ދައްކަނީ މީގެކުރިން ކޯޗުން ވަކިކޮށްފައިވާ ގޮތުގެ ސަބަބުން ކަމަށްވެސް ބުންޏެވެ.

ގިނަ ކޯޗުންތަކެއް އަބަދުވެސް ބަދަލުކުރަމުންދާ ޗެލްސީގެ ކޯޗު ކަމާ ކޮންޓޭ ހަވާލުވީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އެ ކްލަބަށް ޕްރިމިއަ ލީގު ކާމިޔާބުކޮށްދީފަ އެވެ. ނަމަވެސް ފަހަކަށް އައިސް އެ ކުލަބުން ނެރޭ ނަތީޖާތަައް ދަނީ ދަށްވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޮނާލްޑޯ އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް

ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު ކުރިސްޓިއާނޯ ރޮނާލްޑޯ އެނބުރި އެޓީމަށް އައިސްފި އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރިކަން މަޝްހޫރު ...

އާއްމު ސިއްހަތު ކުރިއެރުވުމުގެ ރޮގުން ޑރ. އަބްދުﷲ އަފީފަށް ހިތްވަރު ދިނުމުގެ އިނާމު ލިބިލައްވައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވި ހިތްވަރު ދިނުމުގެ ގައުމީ އިނާމް ލިބިލެއްވި 15 ބޭފުންގެ ތެރޭގައި ...

ބަރަހަނާ ފޮޓޯ މައްސަލާގައި ރަންވީރު ފުލުހަށް ހާޒިރުވާން އަންގައިފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްގެ ބަރަހަނާ ފޮޓޯތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ސުވާލު ކުރުމަށް ފުލުހަށް ...