ފެނަކަ ކޯޕަރޭޝަނުން 2 ސަރަޙައްދެއްގައި ފެންބަންދުކުރާ ކާރުޚާނާ ޤާއިމްކުރަނީ

ރާއްޖޭގެ ދެ ސަރަޙައްދެއްގައި ފެން ބަންދުކުރާ ކާރުޚާނާ ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. އެކުންފުނިން ބުނީ، މިއީ އެކުންފުނީގެ ޢާންމްދަނީ އިތުރުކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، އެކުންފުނީގެ ޢާންމްދަނީ އިތުރުކުރުމުގެ ގޮތުން ކުންފުނީގެ މެންޑޭޓާއި ގުޅިފައި ހުރި ބައެއް ވިޔަފާރިތަކަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދެ ސަރަޙައްދެއްގައި ފެން ބަންދުކުރާ ކާރުޚާނާ ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށް އެކުންފުނިންބުނެއެވެ.

ފެނަކަ ކޯޕަރޭޝަން މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ، ފެން ބަންދުކުރާ ކާރުޚާނާ ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ބ.އޭދަފުއްޓާއި ފުވައްމުލައް ސިޓީގައި ކަމަށެވެ. މީގެ އިތުރުން ކުންފުނީގެ ޢާމްދަނީ އިތުރުކުރުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން ފެނައިކައިގެ ޚިދުމަތް ދޭ 16 އަތޮޅެއްގައި ސޭލްސް ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާ ސޭލްސް ސެންޓަރުތަށް މެދުވެރިކޮށް ގޭގެއަށް ބޭނުންވާ ކަރަންޓު ސާމާނު އިންސްޓޯލްމަންޓް އުސޫލުން ފޯރުކޮށްދެވޭނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.

 ” ފެނަކައިގެ ޚިދުމަތްދޭ 16 އަތޮޅެއްގައި ސޭލްސް ސެންޓަރުތަށް ޤާއިމްކުރަނީ ، މިއިން ކޮންމެވެސް މުހިންމު އެއް ރަށެއްގައި. އޭރުން ރައްޔިތުންނަށް ބޭނުންވާ ކަރަންޓު ސާމާނުތަށް އިންސްޓޯލްމަންޓް އުސޫލުން ފޯރުކޮދޭނެ އެސެންޓަރުތަކުން.” ޝަރީފް ވިދާޅުވިއެވެ.

ފެނަކައިގެ ބެޖެޓުގެ ގޮތުގައި މިއަހަރު 1.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެކުންފުނިން ބުނީ ޢާންމްދަނީ އިތުރުކުރުމަށް ހިންގަން ހަމަޖެހިފައިވާ މަޝްރޫޢުތަކަކީ ބަޖެޓްގެ ތެރެއިން ހިންގުމަށް ރާވާފައި ހުރި މަޝްރޫޢުތަކެއް ކަމަށެވެ.

” ނަރުދަމާއާއި ފެނުގެ ނިޒާމުން އެލިބޭ ގެއްލުން ސަބްސިޑައިޒްކުރުމަށްޓަކައި، އެހެން ދިމާލުން ވިޔަފާރިއަށް ވަނުމުގެ ވިސްނުން ގެންގުޅެން، އެގޮތުން ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށްވެސް ވަންނަން އެބަ ވިސްނަން ފެނަކައިގެ ޚިދުމަތް ދޭ ރަށްރަށުން ” ޝަރީފް ވިދާޅުވިއެވެ.

ޕެޓްރޯލާ ޑީސައިލް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފެނަކައިން ދަނީ  އައްޑޫ ސިޓީއާއި ހދ.ކުޅުދުއްފުށީގައި ދެ ޕެޓްރޯލް ޝެޑް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ފެނަކައިން ރާއްޖޭގެ 151 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ދެމުން ގެންދެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ރަން އިން އައްޑޫ”ގައި ހިމެނޭ ކުޑަކުދިންގެ ދުވުމާއި އުމުރުން ދުވަސްވީ މީހުންގެ ހިނގާލުން މިއަދު ހަވީރު

ޓީއެފްޖީން އިންތިޒާމްކޮށްގެން އައްޑުއަތޮޅުގައި  ބާއްވާ “ރަން އިން އައްޑޫ”ގެ އިވެންޓުގައި ހިމެނޭ  ކުޑަކުދިންގެ ދުވުމާއި އުމުރުން ދުވަސްވީ މީހުންނަށް ...

ބަރުދަން ލުއިކުރާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި މަނާ ބޭހެއް ވިއްކާތީ ސަމާލުވާން އެދެފި

ބަރުދަން ލުއިކުރާ ބޭހެއްގެ ނަމުގައި މަނާ ބޭހެއް ސޯޝަލް މީޑީއާގައި އިސްތިހާރުކޮށް ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް ...

އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެ

މިއަދު ހެނދުނު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި 17 އަހަރުގެ ކުއްޖާގެ މަރުވެއްޖެއެވެ. މިއަދު ހެނދުނު 07:05 ކަންހާއިރު ...