އައްޑޫ ރައްޔިތުންނަށް އާމްދަނީ އިތުރުކުރެވޭނެ ކަންކަން ފަހިކޮށްދިނުން މިއަހަރުގެ ކައުންސިލްގެ ބަޖެޓްގައި

އައްޑޫސިޓީ ކައުންސިލުން 2018 ވަނަ އަހަރަށް ފާސްކުރި ބަޖެޓްގައި، އައްޑޫގެ އިގްތިސާދު ރަނގަޅު ކުރުމަށް ކަންތައްތަކެއް ކުރުމަށް ޓްރަސްޓް ފަންޑްގެ ބަޖެޓަށް 3.5 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ވޭތުވެދިޔަ އަހަރު އައްޑޫ ރައްޔިތުންގެ ޓަރްސްޓް ފަންޑް ގާއިމުކޮށް ކައުންސިލުން ވަނީ އެފަންޑަށް އިންވެސްޓް ކޮށްދެއްވާފައެވެ. އަދި އެފަންޑުން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. މީގެ އިތުރުން އައްޑޫ ޕީޕަލްސް ކޯޕަރޭޓިވްގެ މަސައްކަތް މިދިއަ އަހަރު ފަށައިގަނެވި، އައްޑޫސިޓީގެ ރައްޔިތުންނަށް އިގްތިސާދީގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއެރުން ހޯދައިދިނުމުގެ މަސައްކަތްތަކެއް ވަނީ ފަށައިގަނެވިފައެވެ. އަދި މިއަހަރު އައްޑޫ ޓްރޭޑް ކޯޕަރޭޓިވްގެ މަސައްކަތްވެސް ކުރިއަށް ގެންދެވޭނެއެވެ.

މިއަހަރުގެ ބަޖެޓްގައި ވެސް ކައުންސިލުން އެންމެ އިސްކަމެއް ދެއްވާފައިވަނީ އަވަށްތަކުގެ އުމުރާނީ ކަންކަން ކުރިއަރުވައި ރަށްވެހިކަމުގެ ކުރިއެރުން ހޯދުމަށެވެ. މިގޮތުން މިދިއަ އަހަރުގެ ބަޖެޓްގައި ހިމެނި ކުރިއަށް ނުގެންދެވުނު ބައެއް އެކްޓިވިޓީތައް ކޮމިޓްމަންޓްގެ ގޮތުގައި މިއަހަރުގެ ބަޖެޓްގައި ހިމަނާފައި ވެއެވެ. މިގޮތުން މަސްވެރިންނާއި ދަތުރުވެރިންގެ ފަސޭހައަށްޓަކައި ނެރުބައްތި އާއި ދުރަށް އަލިފޮނުވައިދޭ ބައްތި ޖެހުމާއި، ބާބެކިއު އޭރިއާ ތަރައްޤީކުރުމާއި، ފެންބޮޑުވާ ސަރަހައްދުތަކުގެ ޑްރައިނޭޖް ސިސްޓަމް ރަނގަޅު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކަށް 3 ލައްކަ ރުފިޔާ ހިމަނަފައި ވެއެވެ.

މިއަހަރުގެ ބަޖެޓްގައި ކައުންސިލުން ކުރާނެ އާ ކަންތައްތަކެއް ހިމަނާފައިވެއެވެ. މިގޮތުން އަތްތެރި މަސައްކަތާއި ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމާއި، ފުޓްބޯޅަ މުބާރާތަކާއި ބެޑްމިންޓަން މުބާރާތެއް ބޭއްވުން ހިމެނެއެވެ.

2018 ވަނަ އަހަރަށް ކައުންސިލުން ފާސްކުރެއްވި މުޅި ބަޖެޓްގެ ޖުމުލައަކީ، 35864928.73 ރުފިޔާއެވެ.  2015 ވަނަ އަހަރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއި ގުޅިގެން ކައުންސިލްގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް އައިސް ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލަށް ލިބެމުން އައި އާމްދަނީ ވަނީ ވަރަށްބޮޑުތަން ދަށްވާން ފަށާފައެވެ. 2018 ވަނަ އަހަރުގެ ބަޖެޓް ފާސްކުރިއިރު ކައުންސިލަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ އަކީ ހަތްލައްކަ ރުފިޔާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފަހަތުން އަރާ ގަންބުރީގެ މައްޗަށް އުސްގަޑަ ޖޫނިއާސް ކާމިޔާބު ހޯދައިފި

ގައުމު ސްޓްރީޓް ކަޕްގައި ރޭ ކުޅެވުނު 3 ވަނަ މެޗު ހިތަދޫ އުސްގަޑަ ޖޫނިއާސް ކާމިޔާބުކޮށްފިއެވެ. ރޭ މީދޫ ...

މިނިމަމް ވޭޖަށް އަމަލުކުރަން ފެށި ސަރުކާރުގެ ފުރަތަމަ ކުންފުންޏަކަށް އެސްޓީއޯ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ ...

ކޮވިޑްބަލީގައި  ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ 

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ. އެޗްޕީއޭ އިން ބުނެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 73 ...