މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ފުޓްސަލް މުބާރާތާއި ވޮލީ މުބާރާތުގައި މީދޫ އަވަށު އޮފީހުން ބައިވެރިވި ޓީމެވެ.
މީދޫ އަވަށު އޮފީހުގެ ފުޓްސަލް ޓީމް – މިޓީމް މުބާރާތުން ކެޓީ މަރަދޫފޭދޫޓީމާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން ބަލިވުމުން
މީދޫ އަވަށު އޮފީހުން ފުޓްސަލް މުބާރާތުގައި ކުޅުނު ހަމަ އެކަނި މެޗްގައި ބައްދަލުކުރީ މަރަދޫފޭދޫ އަވަށު އޮފީހުގެޓީމާއެވެ. މިމެޗްގައި މީދޫ އަވަށު އޮފީހުން ދެލަނޑު ޖަހާ ލީޑު ނަގާފައިވަނިކޮށް މީދޫ ޓީމުގެ މުހައްމަދު ރަޝީދުއަށް ލަނޑު ޖަހަން ދެފަހަރެއްގެ މަތިން މުޅިން ހުސް ދެފުރުސަތު ލިބުނެވެ. އެ ދެފުރުސަތުގައި މުހައްމަދު ރަޝީދު އަމިއްލައަށް ލަނޑު ޖެހުމުގެ ބަދަލުގައި ކައުންސިލަރު ސޯލިހާއަށް ބޯޅަ ޕާސްކުރުމުން އެދެފުރުސަތުގައިވެސް ލިބުނު ބޯޅަ ލަނޑަކަށް ބަދަލުކުރެވޭގޮތެއް ނުވިއެވެ. އޭގެ ފަހުން މަރަދޫފޭދޫ އަވަށު އޮފީހުން ވަނީ ދެލަނޑު ޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މީދޫ އަވަށު އޮފީހުގެ ވޮލީޓީމް- މިޓީމް މުބާރާތުން ކެޓީ ސެމީފައިނަލްގައި ހުޅުދޫ އަވަށު އޮފީހުގެ ޓީމާ ވާދަކޮށް ބަލިވެގެން
މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންގޮސްފައިވަނީ ނޮކްއައުޓް އުސޫލުން ބަލިވާ ޓީމެއް ކަޓާ ގޮތައް ކަމަށްވުމުން މިމެޗް އެއްވަރުވުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހި ޖެހުމުގައި މީދޫ އަވަށު އޮފީހުން މުހައްމަދު ރަޝީދާއި ، މުހައްމަދު ކާމިލު އަދި އަހުމަދު ރަޝީދު ޖެހި ޕެނަލްޓީ ބޭރަށް ގޮސްފައިވާތީ މިމެޗުން މީދޫ ޓީމް ދެރަވެ މުބާރާތުން ވަނީ ކަޓާފައެވެ.
ވޮލީ ބޯޅަ މުބާރާތުގައި މީދޫ އަވަށު އޮފީހުގެ ޓީމް ކުޅުނު ފުރަތަމަމެޗްގައި މަރަދޫފޭދޫ އަވަށު އޮފީހުގެ ޓީމާ ވާދަކޮށް ސީދާ ދެސެޓުން މީދޫ އަވަށު އޮފީހުގެ ޓީމް މޮޅުވެ ސެމީފައިނަލަށް ހޮވުނެވެ.
ސެމީފައިނަލްގައި މީދޫ އަވަށު އޮފީހުގެ ޓީމް ވާދަކުރަން ޖެހުނީ ހުޅުދޫ އަށު އޮފީސްޓީމާއެވެ. މިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށް ހުޅުދޫ އަވަށު އޮފީހުގެ ޓީމް ފައިނަލަށް ހޮވުނެވެ.
ކޮމެންޓްސް (0)