ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް: ކެނެރީފުން ގަދަފަދަ މައިލޯސިޓީ ހިފަހައްޓައިފި

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގައި ރޭ  ކުޅެވުނު ދެވަނަމެޗްގައި ކެނެރީފުން ގަދަފަދަ މައިލޯސިޓީއަށް ލަނޑެއްޖެހިޔަނުދީ ހިފަހައްޓައިފިއެވެ.

ހުޅުދޫ ފުޓްސަލް ދަނޑުގައި  މައިލޯސިޓީއާއި ކެނެރީފް ބައްދަލުކުރި މިމެޗު ނިމުނީ 0 – 0 ން އެއްވަރުވެގެންނެވެ.

މައިލޯ ސިޓީއަކީ ވަގުތުން ހިތަދޫގައި މިމަހުގެ ތެރޭގައި ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލްގައި ކުޅެފައިވާ އައްޑޫސިޓީގެ ނަންމަޝްހޫރު ގިނަކުޅުންތެރީން ކުޅެމުންދާ ޓީމެކެވެ.

ހިތަދޫގެ ގަދަފަދަ މައިލޯސިޓީއާއި މީގެ ކުރީން މިމުބާރާތުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ ކެނެރީފް  އާއި ދެމެދު ރޭ ކުޅެވުނު މިމެޗުގައި ދެޓީމުގެ ކުޅުންތެރީންގެ ފަރާތުގެ ވެސް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

ރޭ ކުޅެވުނު މިމެޗްގައި މައިލޯ ސިޓީން ކެނެރީފްގެ  ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިނަމަވެސް ލަނަޑެއް ކާމިޔާބުކުރެވޭގޮތެއް ވަނީ ނުވެފައެވެ. އަދި ކެނެރީފަށްވެސް ލިބުނު ފުރުސަތުތަކުގައި މައިލޯސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަތަކުން އެޓީމަށްވެސް ލަނޑެއް ކާމިޔާބުކުރެވޭގޮތެއް ވަނީ ނުވިއެވެ.  

ރޭގެ މެޗަށް ފަހު ގްރޫޕް ސްޓޭޖް ގައި މައިލޯސިޓީ ކުޅުނު 3 މެޗުން 7 ޕޮއިންޓް ހޯދައިގެން އެޓީމްވަނީ ގްރޫޕް އޭގެ އެއްވަނާގައެވެ.  ކެނެރީފް ކުޅުނު 3 މެޗުން އެޓީމަށް ލިބިފައިވަނީ 1 ޕޮއިންޓެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް މައިލޯ ސިޓީގެ އީމާން ނަޒީރު ހޮވިފައިވާއިރު އިމާނު ނަޒީރުވަނީ މައިލޯސިޓީއާއި ގައުމު އެފްސީ ބައްދަލުކުރިމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް – ކެނެރިފާއި މައިލޯ ސިޓީ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ: އީމާން ނަޒީރު

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަދަން ސްޕޯޓްސް ވޮލީބޯޅަ މުބާރާތް: މީދޫޓީމް ކުޅުނު ދެވަނަ މެޗުން ބަލިވެއްޖެ

ސަދަން ސްޕޯޓްސް އަންހެން ވޮލީބޯޅަ މުބާރާތުގައި މީދޫޓީމް ކުޅުނު ދެވަނަ މެޗުން އެޓީމް ބަލިވެއްޖެވެ. ފޭދޫ ވޮލީ ކޯޓުގައި ...

އެކުވެރިކަމަމުގެ ހޭންޑްބޯލް މެޗް: ފޭދޫޓީމްއަތުން މީދޫ ޓީމް ބަލިވެއްޖެ

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ފޭދޫ ޓީމަކާ މީދޫ ޓީމަކާ ދެމެދު ...

ކޮސްޓަ ރީކާ ކޮޅަށް ސްޕެއިނުން ހަތް ލަނޑު ޖަހައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގައި ކޮސްޓަ ރީކާ ކޮޅަށް ސްޕެއިނުން ހަތް ލަނޑު ޖަހައިފިއެވެ. ...