ކޮސްޓަ ރީކާ ކޮޅަށް ސްޕެއިނުން ހަތް ލަނޑު ޖަހައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގައި ކޮސްޓަ ރީކާ ކޮޅަށް ސްޕެއިނުން ހަތް ލަނޑު ޖަހައިފިއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބުކުރީ 7-0 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ސްޕެއިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މި މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން ވަނީ ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ. މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ޑެނީ އޮލެމޯއެވެ. މިއީ ސްޕެއިނުން ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.

މެޗުގެ 21 ވަނަ މިނެޓުގައި ސްޕެއިނުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާކޯ އެސެންސިއޯއެވެ. އަދި މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ފެރާން ޓޮރޭސްއެވެ. މިއީ ކޮސްޓަ ރީކާ ކުޅުންތެރިން އެ ޓީމުގެ އޭރިއާ ތެރެއިން ސްޕެއިންގެ ޖޯޑީ އަލްބާއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއަކުން ފެރާން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ސްޕެއިނުން ވަނީ ކޮސްޓަ ރީކާ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ފެރަން ޓޮރޭސް ވަނީ އިތުރު ލަނޑެއް ޖަހާ ސްޕެއިންގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 74 ވަނަ މިނެޓުގައި ގަވީ ވަނީ ސްޕެއިންގެ ފަސްވަނަ ލަނޑު ޖަހާދީފައެވެ. މި ލަނޑާއެކު ގަވީ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. ސްޕެއިންގެ ހަވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކާލޯސް ސޯލާއެވެ. އަދި ސްޕެއިނުން ޖެހި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އަލްވާރޯ މޮރާޓާއެވެ.

މިއީ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ސްޕެއިނުން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރި މެޗެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޯލިއަންސް މިކްސް ވޮލީބޯޅަ މުބާރާތް: ރޭ ކުޅެވުނުމެޗް ކާމިޔާބުކުރީ ޓީމް ޓަފްސިކް

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ރޭ ކުޅެވުނުމެޗް ޓީމް ޓަފްސިކް ކާމިޔާބުކޮށްފިއެވެ. ރޭ ...

ބަދަހިކަޕް : ޕޮލިސްޓީމު ކުޅުނު ފުރަތަމަމެޗް ތަފާތު ބޮޑު ނަޖީއަކުން ކާމިޔާބުކޮށްފި

” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި ޕޮލިސްޓީމް ކުޅުނު ފުރަތަމަމެޗް  ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ. ޕޮލިސް މިމެޗް ...

ޗެމްޕިއަންސް ލީގު: އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެއްޖެ

ބާރަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖުގައި އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ...