ސްޕެއިންގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ރާއްޖެ ޕްރޮމޯޓު ކުރަން ފަށައިފި

ސްޕެއިންގެ މެޑްރިޑްގައި ފިޓޫރުގެ ނަމުގައި ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ޓޫރިޒަމް ޓްރޭޑް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނާއެކު ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން 38 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިފައިވަނީ 71 އަކަފޫޓުގެ ސްޓޭންޑެކެވެ. އެ ސްޓޭންޑުގައި ޖުމްލަ 22 ކައުންޓަރު ގާއިމުކޮށްފައިވާ ކަމަށާއި އެ ސްޓޭންޑުގައި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

ފިޓޫރުގެ ފުރަތަމަ ތިން ދުވަސް ޓްރޭޑް ވިޒިޓަރުންނަށް ޚާއްސަކޮށްފައިވާއިރު، ފެއާގެ ފަހު ދެ ދުވަހު އާންމުންނަށް ވެސް އެ ފެއާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

މި ފެއާއަކީ ސްޕޭނުގެ މާކެޓަށް ޚާއްސަކޮށްގެން ބާއްވާ ފެއާއެއް ނަމަވެސް، މި ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން އިސް ފަރާތްތަކާ ބައްދަލު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު އެއް މަގްސަދަކީ ސްޕޭނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށްވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު 9.2 އިންސައްތަ ވަނީ އިތުރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ކުރާ މިސްކިތްތަކާއި އެމިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 10 އެޕްރީލް 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ސީޕީ އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަން ހާމަކުރައްވާ ފުލުހުން ވިދާޅުވީ ...

ރަސްރަނި ނެޓްބޯޅަ ޗެލެންޖް –ޝިފްނާގެ މޮޅު ކުޅުމާއެކު ހެލްތު ސެންޓަރުން މިފްކޯ ބަލިކޮށްފި

ހުޅުދޫގައި މިހާރު ފެށިގެން ކުރިއަށް ގެންދާ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ޗެލެންޖް 2022″ ނެޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅެވުނު ...