ނަޝީދުގެ އާ ސިޔާސީ ޕާޓީ “ދަ ޑިމޮކްރެޓްސް” އުފެއްދުމަށް އީސީއަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އާ ޕާޓީ، “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި އުފެެއްދުމުގެ ހުއްދަ ހޯދުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ރައީސް ނަޝީދުއަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެން އުފައްދަވާ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އެދި އީސީއަށް ހުށަހަޅާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އެމްޑީޕީގެ ތެރެއިން އިއުލާންކުރި “ފިކުރެއްގެ ދިރުން” ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.

އާ ޕާޓީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު މިދިޔަ ބުރާސްފަތިދުވަހު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީތެރެއިން ގެއްލިފައިވާ ކަމަށެވެ.

އަލަށް އުފައްދަވާ ސިޔާސީޕާޓީގެ ތަރުޖަމާނަކަށް ހަމަޖައްސާފައިވަނީ، އެލްޖީއޭގެ ކުރީގެ ރައީސް އަފްޝަން ލަތީފެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައިވެސް އެޕާޓީގެ ކެނޑިޑޭޓެއް ވާދަކުރައްވާނެ ކަންވެސް ވަނީ އިއުލާނުކުރައްވާފައެވެ.

ސިޔާސީ ޕާޓީ އަށް ހުއްދަ ލިބުމާއެކު އެ ޕާޓީއަށް 3000 މެމްބަރުންގެ ސޮއި ހަމަކުރެއްވުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް އެ ޕާޓީ އުފެއްދެވުމުގެ އިސްކޮށް ހަރާކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މީދުއަށް ސިޔާސީ ބާރުވެރިކަން ހޯދަން ލިބޭ  އެންމެ ފަހި ފުރުސަތު- ޝާހިދު

މީދޫގެ ސީޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި މީދޫއަށް އުފަން މީދޫގެ ތައުލީމީ ގާބިލް ބޭފުޅަކު މަޖިލިހުގެ މީދޫ ދާއިރާގެ ގޮޑިއަށް ...

އައްޑޫ ސިޓީ ގަމުން ދަތުރުކުރާ މީހުންނަށް ސްރީލަންކަންގެ “މީލް ޕްރީ-އޯޑަރ”

އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީ ގަމުން ދަތުރުކުރާ ފަރާތްތަކަށް އެމީހަކު ބޭނުން ...

ލާމު އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދޭނަން – ރައީސް

ލާމުގައި ހިންގާ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ...