ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް : ފުރަތަމަމެޗް ގައުމިއަންސް ކާމިޔާބުކޮށްފި

ހުޅުދޫގައި ރޭފެށި ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް މީދޫ ގައުމިއަންސް ކާމިޔާބުކޮށްފިއެވެ.

ގައުމިއަންސް މިމެޗް ކާމިޔާބުކޮށްފައިވަނީ ކެނެރީފާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމިއަންސް ގެ އައްޒާމް މުހައްމަދެވެ.

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް –  ގައުމިއަންސް އާއި ކެނެރީފް ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – އައްޒާމް

ރޭ ކުޅެވުނު މިމުބާރާތުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ހުޅުދުއަށް ނިސްބަތްވާ ދެކުނު އެފްސީއާއި ހުޅުދޫ އެފްސީއެވެ.

މިމެޗް ހުޅުދޫ އެފްސީ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދޫ އެފްސީގެ އަލީ ހުސެންއެވެ.

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް –  ހުޅުދޫ އެފްސީއާއި ދެކުނު އެފްސީ ބައްދަލުކުރި މެޗްގެ މޮޅު ކުޅުންތެރިޔާ – އަލީ ހުސެން

މައުލޫމާތު ލިބިފައިވާގޮތުގައި މިމުބާރާތަކީ ހުޅުދޫ ޒުވާނުން އިންތިޒާމްކޮށް ހުވަގު ޖަމްއިއްޔާ މެދުވެރިކޮށް ބާއްވަމުންދާ މުބާރާތެކެވެ.

ޚަބަރާއި ގުޅޭ ފޮޓޯ: ފޭސްބުކްގެ ” ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ” ޕޭޖުން އިން ނަގާފައި

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޮކޮވިޗްގެ ބަލިކޮށް ވިމްބެލްޑަންގެ އައު ޗެމްޕިއަނަކަށް އަލްކަރާޒް

އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްދިޔަ ވިމްބެލްޑަން ޓެނިސްމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަރަށް ސްޕެއިންގެ ކާލޮސް އަލްކަރާޒް ކާމިޔާބު ކޮށްފިއެވެ. ...

ކުޑަކާއްޓޭއާއި އެޑަމް  ސެންޓްރަލް ޒޯން މުބާރާތުން ރަން މެޑަލް ހޯދައިފި

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން  ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރާ  (ކުޑަކާއްޓެ) އާއި އާދަމް ...

މޮރޮކޯ ބަލިކޮށް ވޯލްޑް ކަޕުގެ ތިންވަނަ މަގާމު ކްރޮއޭޝިއާ ހޯދައިފި

ފީފާ ވޯލްޑްކަޕްގައި މިރޭ ކުޅުނު ތިންވަނަ ހޮވާ މެޗްގައި މޮރޮކޯ ބަލިކޮށް ވޯލްޑް ކަޕުގެ ތިންވަނަ ކްރޮއޭޝިއާއިން ހޯދައިފިއެވެ. ...