ޗާޓަރު ފްލައިޓެއް ބާއްވައިގެން ސަފާގެ އުމްރާވެރިން ފުރުވާލުމަށް މަސައްކަތްކުރަނީ

ވިސާ ހަމަނުޖެހިގެން އުމްރާއަށް ނުފުރުނު ސަފާ ގްރޫޕްގެ އުމްރާވެރިން ޗާޓަރު ފްލައިޓެއްގައި ފުރުވާލުމަށް އެ ގްރޫޕުން މިހާރު މަސައްކަތްކުރަމުންދާކަން އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ސަފާ ގްރޫޕްގެ ހަވާލުގައި މި ރޯދަމަހު އުމްރާއަށް ދިއުމަށް 180 އަށްވުރެ ގިނަ މީހުން ފައިސާ ދައްކާފައިވެއެވެ. ނަމަވެސް އެ އޭގެތެރެއިން ފުރަތަމަ ގްރޫޕް އިއްޔެ ފުރަން ތައްޔާރުވެފައިވަނިކޮށް ސަފާ ގްރޫޕުން ވަނީ ވިސާ ނުލިބޭކަމަށް ބުނެ ދަތުރު ކެންސަލްކޮށްފައެވެ. މިކަމާގުޅިގެން އެ ގްރޫޕާއި އިސްލާމިކް މިނިސްޓްރީން ވަނީ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމަށްފަހު ޢުމްރާވެރިން ގެންދިއުމަށް 8 އޭޕްރީލްގައި އެއަރލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށާއި އަދި ރަމަޟާންމަހުގެ ފަހު 10 އަށް ހުރިހާ ޢުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ދަތުރު ކެންސަލްކުރުމުން އިސްލާމިކް މިނިސްޓްރީން ވަނީ ފައިސާ ދެއްކި ފަރާތްތައް އުމްރާއަށް ގެންދަންޖެހޭނެކަން އެ ޖަމާއަތަށް އަންގާފައެވެ. ނަމަވެސް މިނިސްޓްރީން އެގޮތަށް އަންގާފައި އޮތްވާ އެ ގްރޫޕުން ވަނީ އުމްރާ ދަތުރު ނުދެވޭނެކަން އުމްރާއަށް ފައިސާ ދެއްކި ފަރާތްތަކަށް އަންގާފައެވެ.

އުމްރާއަށް ދާން ފައިސާ ދެއްކި ފަރާތްތައް އުމްރާއަށް ނުގެންދެވޭނެކަމަށް އެ ޖަމާއަތުން އެންގުމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު މިއަދު ވަނީ ސަފާ ގްރޫޕްގެ ވެރިންނާއި ބައްދަލުކުރައްވާފައެވެ.

ޕީޢެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ސަފާ ގްރޫޕްގެ ވެރިންނާއި ބައްދަލުކޮށް މިމައްސަލަ ހައްލުކުރުމަށް އަންގައި، އެކަމަށް މުހުލަތެއް ދީފައިވާކަމަށެވެ. އެގޮތުން އުމްރާއަށް ދާން ފައިސާ ދައްކާފައިވާ ފަރާތްތައް ރޯދަމަހުގެ 20 ވަނަ ދުވަހުގެ ކުރިން އުމްރާއަށް ގެންދަންޖެހޭނެކަން އެ ގްރޫޕަށް އަންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބޭރުގެ އެއަރލައިނަކާއި ގުޅިގެން ޗާޓަރު ފްލައިޓެއްގައި ސަފާ ގްރޫޕްގެ އުމްރާވެރިން ފުރުވާލުމަށް މަސައްކަތްކުރަމުންދާކަމަށް އެ ގްރޫޕްގެ ވެރިން މައުލޫމާތު ދީފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ ސަފާ ގްރޫޕަށް ދީފައިވާ މުހުލަތުގެ ތެރޭގައި ސަފާ ގްރޫޕްގެ އުމްރާވެރިން ފުރުވައިނުލައިފިނަމަ އެ ގްރޫޕްގެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އުމްރާއަށް މީހުން ނުގެންދެވޭގޮތަށް އެ ޖަމާއަތުގެ ވެރިޔާ ބްލެކް ލިސްޓްކުރާނެކަމުގެ އިންޒާރުވެސް މިނިސްޓަރ ދެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަފާ ގްރޫޕުން މަސައްކަތްކުރަނީ އޮމާންގެ ސަލާމް އެއަރގެ ޗާޓަރު ފްލައިޓެއްގައި އުމްރާވެރިން ފުރުވާލުމަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ސަފާ ގްރޫޕަށް ފައިސާ ދެއްކި މީހުންނަށް އުމްރާއަށް ނުދެވުނީ ސަޢުދީ ސަރުކާރު ނުވަތަ ދިވެހި ސަރުކާރުން ކުރަންޖެހޭ ކަމެއް ނުކޮށް އޮތުމުން ނޫންކަމަށެވެ. އަދި ޢުމްރާ ވިސާއަކީ 3 މަސްދުވަސް ކުރިން ލިބޭ އެއްޗެއްކަމަށާއި، އެ ވިސާ ރާއްޖޭގެ ހައްޖު ކޯޕަރޭޝަނުންވެސް ހަމަޖައްސައިދޭކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. ނަމަވެސް ސަފާ ގްރޫޕަށް ފައިސާ ދެއްކި ފަރާތްތަކަށް ވިސާާ ހަމަނުޖެހި އޮތީ ސަފާ ގްރޫޕުން އެކަން ނުކޮށް އޮތުމުންކަން މިިނިސްޓްރީން ފާހަގަކުރެއެވެ.

މީގެކުރިންވެސް ހައްޖަށާއި އުމްރާއަށް މީހުން ގެންގޮސްދޭ ބައެއް ގްރޫޕްތަކުގެ ފަރާތުން މިފަދަ މައްސަލަތައް ފެންމަތިވެފައެވެ. އަދި އެފަދަ ބައެއް މައްސަލަތަކާއި ގުޅިގެން ބައެއް ގްރޫޕްތަކުގެ ވެރިންނާއި ދެކޮޅަށް ޖިނާއީ ދައުވާކޮށް، ބޮޮޑެތި އަދަބުތައްވެސް ވަނީ ދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު 143 މީހުން ޕޮޒިޓިވްވިއިރު އޭގެތެރޭގައި 107 ދިވެހިން

މިއަދު ރާއްޖެއިން  143 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ...

އިތުރު 2،142 މީހުން ކޮވިޑަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 2،142 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭ އިން ރޭ ހާމަކޮށްފައިވާ ގޮތުން ...

ލިންކު ލޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ. ލިންކް ރޯޑުން ހިތަދޫގައި ހުންނަ ...