ވޯލްޑް ކަޕަށް ކުޅުންތެރިން ދޫކުރާ ކުލަބުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ކުޅުންތެރިން ނިސްބަތްވާ ކުލަބުތަކުން ކުޅުންތެރިން ދޫކުރާތީ އެކަމުގެ ބަދަލެއްގެ ގޮތުގައި ފީފާއިން ދެމުން އަންނަ ފައިސާގެ އަދަދު އިތުރުކޮށްފިއެވެ.

މިގޮތުން 2026 ވަނަ އަހަރައި 20230 ވަނަ އަހަރުގެ ވާރލްދް ކަޕްގައި ފީފާއިން ކްލަބްތަކަށް ދިނުމަށްވަނީ 355 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޤަތަރުގައި ބޭއްވި ފީފާ ވާރލްޑް ކަޕްގައި ދީފައިވަނީ 209 މިލިއަން އެމެރިކާ ޑޮލަރެވެ. ފީފާގެ މިނިންމުމަކީ އެޖަމިއްޔާ އާއި ޔޫރަޕިއަން ކްލަބްސް އެސޯސިއޭޝަން އާއި ދެމެދު ވެފައިވާ އާ އެއްބަސްވުމުގެ ދަށުން ކުރަން ލާޒިމްކޮށްފައިވާ ކަމެކެވެ. މި އެއްބަސްވުން 2030ގެ ނިޔަލަށް ދެމިގެންދާނެއެވެ. މިކަން ހާމަކުރުމުގެ ގޮތުން ހަންގޭރީގެ ބުޑަޕެޝްޓްގައި ބޭއްވި އީސީއޭގެ ގެނެރަލް އެސެމްބްލީގައި ފީފާގެ ރައީސް ޖިއާނީ އިފަންޓީނޯ އާއި ޔުއޭފާގެ ރައީސް އެލެކްޒެންޑަރ ސެފެރިން ބައިވެރިވިއެވެ.

މި އެއްބަސްވުމާއެކު ފީފާ އާއި އީސީއޭ އާއި ދެމެދު ދުވަސްގަޑެން ވަންދެން އުފެދިފައިވި ނުތަނަވަސްކަމަށްވަނީ ނިމުމެއް އައިސްފައެވެ. މި ނުތަނަވަސްކަމުގެ އެންމެ ބޮޑު ބައެއްގެ ގޮތުގައި އޮތީ ދެ އަހަރުން އެއްއަހަރު ފީފާ ވާރލްޑް ކަޕް ބޭއްވުމަށް އިފަންޓީނޯ ގެންގުޅުނު ހިޔާލާމެދު ހިތްހަމަ ނުޖެހުމެވެ. މީގެ ބަދަލުގައި 32 ޓީމް ހިމެނޭގޮތަށް ކްލަބް ވާރލްޑް ކަޕެއް ބެއްވުމަށްމިހާރުވަނީ އެއްބަސްވެވިފައެވެ. އަދި މި މުބާރާތުގައި ޔޫރަޕްގެ ފަރާތުން 12 ޓީމް ވާދަކުރާނެކަންވެސް ވަނީ ޔަގީން ކުރެވިފައެވެ.

މިގޮތުން 2025 ވަނަ އަހަރު މިފޯމެޓަށް ކުޅޭ ފުރަތަމަ ކްލަބް ވާރލްޑް ކަޕް ބޭއްވިގެންދާނެއެވެ. ހަމައެއާއެކު ވިމެންސް ކްލަބް ވާރލްޑް ކަޕެއް ބޭއްވުމާ ގުޅޭގޮތުންވެސް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާކަމަށްވެއެވެ. މީގެއިތުރުން އަލަށް އެކުލަވާލެވޭ ބައިނަލްއަޤްވާމީ މެޗް ކަލަންޑަރުގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނާއި އިންޓަރކޮންޓިނެންޓަލް ޕްލޭ އޮފް ކާމިޔާބު ކުރާ ޓީމަކާއި ދެމެދު ކޮންމެ އަހަރުވެސް މެޗެއް ހިމެނުމަށްވެސްވަނީ އެއްބަސްވެވިފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަބްއޯޝަނިކުން ރެޑްއެންޓްސް ތަފާތުބޮޑުކޮށް ބަލިކޮށްފި

ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެރީފް ރިސޯޓުން މިމުބާރާތުގައި ބައިވެރިވި ސަބްއޯޝަނިކުން  ތަފާތު ބޮޑުކޮށް ކްލަބް ރެޑްއެންޓްސް ބަލިކޮށްފި އެވެ. ...

މީދޫގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

އައްޑޫ ސިޓީ މީދޫ ގައި ސްޕޯރޓްސް ކޮމްޕްލެކްސްއެއް ޤާއިމްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ. އައްޑޫސިކައުންސިލުން ކޮށްފައިވާ މިއިއުލާނުގައި ...

މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ކަޕްގެ ގުރުއަތުލުން ނަގައިފި

ހުޅުދޫގައި  ބާއްވާ ” މިނިވަންކަޕް 2022 ޔޫތު ޗެލެންޖް ”  ފުޓްސަލް މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ. ހަ ...